ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންއައި 152 ބިދޭސީއަކު ޤައުމަށް ފޮނުވާލައިފި

ފޮޓޯ:މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާރު ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެތެރެއިން 152 މީހަކު  އަނބުރާ ގައުމަށް  ފޮނުވާލައިފިއެވެ. 

ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންއައި، އެ މީހުންގެ ވާހަކަ ހާމަކުރަމުން، މޯލްޑިވިއަން އިން މިއަދު ބުނީ، ބަންގްލަދޭޝްގެ އިތުރު 152 މީހަކު، އެ ޤައުމަށް މިއަދު ފޮނުވައިލީ ކޮވިޑާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެތެރެއިން ކަމަށެވެ.

އަދި ފޮރިން މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި މި ނޫންވެސް ކަމާގުޅުންހުރި މުޢައްސަސާތަކުގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

https://twitter.com/MaldivianAero/status/1263698346285432835?s=19

މިއަދު ބަންގްލަދޭޝްގެ 152 މީހަކު، އެ ޤައުމަށް ފޮނުވާލާފައިވާއިރު، މި ދިޔަ އާދިއްތަ ދުވަހު ވެސް 67 މީހަކު ފޮނުވާލާފައިވެއެވެ. މީގެ އިތުރުން، މި މަހުގެ 16 ވަނަ ދުވަހުގައި ވެސް 335 މީހަކު ފޮނުވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: