ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު ހުއްޓާލަންދެން ގައުމީ ހަރަކާތަކަށް ދަނީ!

"ދިވެހީންގެ ބިން ދިވެހީންނަށް" އެ ޝިއާރުގެ ދަށުން ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވަކަން އިއުލާނިކުރި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއު ހުއްޓާލަންދެން އިދިކޮޅު ޕާޓީތައް ގުޅިގެން ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވާކަން މިއަދު އިއުލާނުކޮށްފިއެވެ.

ރަސްމާލޭގައި ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއަށް ހަވާލުކޮށްފައިވާ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވާކަން އިއުލާނުކުރެއްވީ މިއެމްޑީޕީ އަދި ޕީއެންއެފްގެ މަންދޫބުންނާއެކު ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިމްރާން ވިދާޅުވީ، މިއަދު ފަށާ ކަމަކީ އެ މަޝްރޫއާ ދެކޮޅަށް ވަކިވަކިން އިއްވަމުންދިޔަ އަޑުތައް އެއްކޮށްލުން ކަމަށެވެ. އަދި ”ދިވެހީންގެ ބިން ދިވެހީންނަށް“ އެ ޝިއާރުގެ ދަށުން ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވަކަން އިއުލާނުކުރެއްވިއެވެ.

ރަސްމާލޭގެ މަޝްރޫއު ސަރުކާރުން ހުއްޓާލުމަށް ދާންދެން، އެ ހަރަކާތް ހުއްޓާނުލައި ވަރުގަދައަށް ކުރިއަށް ގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ޑޮލަރަށް ޖައްސުވައި، ރައްޔިތުންގެ 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންކޮށްގެން ހިއްކި ބިން ޒަޔަނިސްޓުންނަށް ދޫކޮށްލަން ނިންމާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

އެއީ ހަމައެކަނި ވިޔަފާރިއަށް ހެދޭ އިންވެސްޓްމެންޓެކޭ ބުނެ ބަލައިގެން ތިބެން ދިވެހީން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫއަކީ ދުރާލައި ރާވައިގެން ދިވެހީންގެ ބިމުގެ ބާރު ދިވެހީންގެ އަތުން ނަގައި ޒަޔަނިސްޓުންނަށް ދީ ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތަށް ޓަކައި ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ޒަޔަންނިސްޓުންނާއި އެ މީހުންނަށް ބާރުދޭ ފަރާތްތަކަށް ރާއްޖޭގެ ބިމުން އެންމެ ވެލިފުކެެއް ވެސް ދޫކޮށްލެވިގެންނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބިމާއި ކަނޑުފަޅު ދޫކުރެވެނީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުންނަށް މަންފާ ކުރާ ގޮތެއްގެ މަތިން ކަމަށް ވިދާޅުވިއެވެ. އެކަމާ ދެކޮޅަށް ތެދުވާން ނިންމީ އެ ހަމަތަކާ ދެކޮޅަށް އެ މަޝްރޫއު ހިންގަވަން ނިންމާފައިވާތީ ކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: