ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވިދާޅުވަނީ ޔާމީން އެކަނި ޖަލަށްލުމުގެ އިންސާފެއް ނުވިސްނޭ ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބޭންދުމުގެ އިންސާފެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ޔާމީންގެ 61 ވަނަ އުފަން ދުވަހާ ގުޅިގެން އެ މަނިކުފާނަށް ތައުރީފު ކުރައްވައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ޓްވީޓްތަކެއް ރީޓްވީޓް ކުރެއްވުމުގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

ގިނަ ބައެއްގެ ހިތުގައި އެކަމާއިމެދު ސުވާލު އުފެދިފައިވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިސް ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ވަޓްސްއެޕްގައި “ރަށްވެހި ފަތިސް ލަންކާ” ގެ ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކާއި އުސޫލުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ޔާމީން ޖަލުގައި ބޭންދުމުގައި މާބޮޑު އިންސާފެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އެމްޑީޕީން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަރު ކޮމިޝަން ވެސް ހަމަ އެފަދައެވެ. އަދި ކުރަން ބުނި ކަންކަން ޖެހޭނީ ކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބުނީ ކުރީ ސަރުޚާރުގެ މައްސަލަ ބަލާނެ ކަމަށް، އެކަން ކުރުމުގައި އަޅުގަނޑުމެން ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް، މަރު ކޮމިޝަން ވެސް ހަމަ މިފަދަ. ކުރާން ބުނި ކަންކަން އަޅުގަނޑުމެން ޖެހޭނީ ކުރަން” ރައީސް ނަޝީދު

ރައީސް ޔާމީން އެކަނި ޖަލުގައި އޮންނެވުމަކީ އިންސާފެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އިރު، ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.  ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިންމާފައިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ކޯލިޝަނަކުންނެވެ. 

ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވީ ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެގެންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: