ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތައް ފަހުން ހަދާނެ ވާހަކަ އުޝާމް ދެއްކީ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްޗެކޭ ބުނަން ނުކެރިގެން: އަލީ ހުސެއިން

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތައް ފަހުން ހަދާނެ ވާހަކަ ވިދާޅުވަނީ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ގާނޫނާއި ހިލާފު އެއްޗެކޭ ވިދާޅުވާން ބަންޑާރަނައިބަށް ކެރިވަޑައިނުގަންނަވާތީ ކަމަށް ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ”ދިވެހީންގެ ބިން ދިވެހީންނަށް“ ނަމުގައި ފަށާ ހަރަކާތާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަންގުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ހުސެއިން ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ފާހަގަކުރެއްވީ ރަސްމާލެ މަޝްރޫއުއާ ގުޅިގެން ދައުލަތުގެ ބަންޑާރަނައިބު ނިކުމެވަޑައިގެން އެކަމަށް ގާނޫނެއް ނެތް ކަމަށް ވިދާޅުވި ކަމެވެ. އަދި ކުރިއަށް އޮތް ތަނުގައި ގާނޫނުތައް ހަދާނެ ކަމަށްވެސް ވިދާޅުވީ ބަންޑާރަނައިބު ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

”އަޅުގަނޑަށް ހީވަނީ ބަނާރަނައިބު އެ ވިދާޅުވަނީ އެއްބަސްވެފައިވާ އެއްބަސްވުމަކީ އެއީ ގާނޫނާއި ހިލާފުވެފައިވާ އެއްބަސްވުމެކޭ“

އަލީ ވިދާޅުވީ މިއީ ގާނޫނުތަކާއި ހިލާފު އެއްބަސްވުމެކޭ ސީދާ ވިދާޅުނުވާން ވެގެން ގާނޫނުތައް ހަދާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވަނީ ކަމަށެވެ. ގާނޫނީ ފްރޭމްވޯމެއް ނެތި އެއްބަސްވުމެއް ނުހެދޭނެ ކަމަށާއި ސޮއިނުުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަން ”ފްލަޑް ގޭޓަކަށް“ ވެދާނޭ ކަމަށާއި  މިއަވުރެ މާރީތި އަދި ބޮޑެތި ފަރުތަކާއި ފަޅުތައް އޮތް ކަމަށާއި ދެން އަންނަ ސަރުކާރަކުން ހައްދެއް ހުދޫދެއް ނެތި އެެތަންތަން ވެސް ދީފާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ވަރަށް ނުރައްކާ ގޮތެއް ކަމަށާއި ގާނޫނެއް ނެތި މިގޮތަށް މިކަން ކުރާ ނަމަ ބަޔަކަށް މުޅި ރާއްޖެވެސް ދީފާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: