ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަ ސަރަހައްދުތަކުގައި ސްޕީޑް ބަންޕަރު ހަދަން ފަށައިފި

ފޮޓޯ:އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކްސިޑެންޓުތައް މަދުކުރަން ކުރާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ ބައެއް މަގުތަކުގައި ބަންޕަރު ހެދުމުގެ މަސައްކަތް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އެޗްޑީސީން ސޯޝަލްމީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ވަނީ އެ ކޯޕަރޭޝަނުން ބަންޕަރު ހެދުމުގެ މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ލަފަޔާއެކު ކަމަށެވެ.

ބަންޕަރު ހަރުކުރަނީ އެކްސިޑެންޓްތައް ގިނަކަމަށް ދިވެހި ފުލުހުންނަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައެވެ. އެޗްޑީސީން ބުނީ އޮކްޓޫބަރު 8 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ތެރެއިން ސްޕީޑް ބަންޕަރުތަކާއި މަގުމަތީގެ ނިޝާންތައް ވެސް ހަރުކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީން ވަނީ މީގެކުރިން ވެސް ސްޕީޑް ބަންޕަރުތައް ހުޅުމާލޭގައި ހަދައިފައެވެ. މިއާއެކު އެކްސިޑެންޓްތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދު މަދުވިކަމަށް ތަފާސްހިސާބުން ދައްކާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ބަންޕަރުތައް ހަރުކުރަނީ ދުއްވާ މީހުންނަށް ރައްކާތެރި ތަނަކަށް މަގުތައް ހެދުމަށް ކަމަށާއި، ހުޅުމާލެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެފައިވާނީ އެޗްޑީސީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުންވެސް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވުމާއެކު އެމީހުންނަށް ގާނޫނީ ފިޔަވަޅު ވަނީ އަޅަން ފަށައިފައެވެ. އަދި، މާލެ ސަރަހައްދު މޮނިޓަރ ކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: