ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ނަހުލާއަށް ޒިންމާއަދާ ނުކުރެއްވޭތީ، އެކަމަނާއާއި ސުވާލުކުރަން ބޭނުން: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއަށް ޒިންމާއަދާ ނުކުރެވޭތީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހާޒިރުކޮށް މިނިސްޓަރ ނަހުލާއާއި ސުވާލުކުރައްވަން ބޭނުންވެލައްވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޖާބިރު މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުޤައްރިރް މުޙައްމަދު ފަލާޙްއަށް އެޑްރެސްކުރައްވާ ފޮނުއްވެވި ސިޓީއެއްގައެވެ.

ޖާބިރު ވިދާޅުވީ، ރަށްރަށަށް އަރާ ފޭބުމުގެ ދަތިކަން ނައްތާލުމަކީ، ރައީސް ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކަށްވާއިރު، ރަށްރަށުގައި މިހާރުހެދިފައިވާ ބަނދަރުތައް ބޭނުންކުރުމުގައި އެއްވެސް ހަމައެއްލަމައެއް ނެތްކަމަށް ތަޖުރިބާކުރެވިފައިވާކަމަށެވެ. 

އަދި މަސްދޯނިފަހަރުގައި ބިދޭސީން މަސައްކަތްކުރުން މަނާކުރެވިފައިވާއިރު،  އުސޫލުތަކާއި ޚިލާފުވެ އެ ކަންކަން ބޮޑުކޮށް ކުރަމުން އަންނަކަން ފާހަގަކުރެއްވޭކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އެ ފަދައިން ކަންކަން ދިމާވަނީ، ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަދަންޖެހޭ ގަވާއިދާއި އުސޫލުތައް ފުރިހަމަނުވާތީކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މި ގޮތުން މިހިރަމިހިރަ ކަންކަން ދިމާވާ ސަބަބުތައް ބެލުމަށާއި، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއަށް ޒިންމާއަދާ ނުކުރެއްވެވި އޮތަތީވެ، އެ ކަމަނާ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ބޭނުންވެލައްވާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: