ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯލިކް އެސިޑް ސްޓޭޓް ފާމާގައި އެބަހުރި، ބޭހެއް ހުހެއް ނުވޭ: ސްޓޭޓް ފާމާ

ޝެއާރކޮށްލާ ކަހަލަދޯ؟

މާބަނޑު މީހުންނަށް ބޭނުންވާ ޒަރޫރީ ބޭހެއް ކަމަށްވާ ފޯލިކް އެސިޑް ހުސްނުވާ ކަމަށާއި، ސްޓޭޓް ފާމާގައި އެ ބޭހުގެ ސްޓޮކް އެބަހުރި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފޯލިކް އެސިޑް މާލެއިން ހުސްވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން ”ސަންގު“ އިން ސުވާލުކުރުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޭސް ހުސްނުވާ ކަމަށާއި ސްޓޭޓް ފާމާގައި އެ ބޭސް ލިބެން އެބަހުރި ކަމަށެވެ. އަދި ބޭސް ހުސްވި ކަމަށް ބުނެ ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފޯލިކް އެސިޑަކީ މާބަނޑު ދުވަސްވަރު ކުޑަދަރިފުޅުގެ ސިކުނޑިއާއި މައިބަދައިގެ އުފެދުމުގައި ދިމާވާ އުނިކަންތައްތަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދޭ މުހިންމު ބޭހެކެވެ. މީގެ އިތުރުން ލޭމަދުވުމުގެ މައްސަލަތަކާއި އެހެނިހެން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ އެތައް ބަޔަކު ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ ބޭހެއްވެސް މެއެވެ.

އެކި ފާމަސީތަކުން މި ބޭސް ލިބެން ނެތް ކަމަށް ބުނެފައިވާ ކަމަށާއި، އަދި ސްޓޭޓް ފާމާއިންވެސް ބޭސް ލިބޭނެ ވަކި ތާރީހެއް ބުނެފައިވާ ކަމަށް ނޫހެއްގައި މީގެކުރިން ވަނީ ރިޕޯޓުކޮށްފައެވެ. މިއާއެކު މިކަމުގައި އާންމު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

ރާއްޖޭގައި ބޭސް ނުލިބުމުގެ ދަތިކަން ބޮޑުވެފައިވާއިރު، ސްޓޭޓް ފާމާ އުފެއްދި މައިގަނޑު މަގްސަދަކީވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން މާލޭގައި ބޭސް ލިބެން ހުރި ތަންތަން ފަސޭހައިން އެނގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެބްސައިޓެއް ތައާރަފްކޮށް، ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެންނާނެ ކަމަށް އެ ކުންފުނިން މީގެކުރިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: