ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލަން ޖީއެސްޓީ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން އުވާލުމަށްޓަކައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ޖީއެސްޓީ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށްޓަކައި ޖީއެސްޓީ ގާނޫނުގައި ހިމަނާފައިވާ އެންމެހައި މާއްދާތައް އުނިކުރުމެވެ.

މިދިޔަ އޮކްޓޯބަރު 1 އިން ފެށިގެން މި ޓެކްސް ނަގަން ފަށާފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ފާޑުކިޔުންތަކަކާ އެކުގައެވެ. ނަމަވެސް، ޓެކްސް ނަގަން ފެށިތާ ތިންވަނައަށް ވީ ދުވަހު، އެ ނިންމުން ބަދަލުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޓްރެވަލް އެޖެންޓުންގެ ފަރާތުން ހުށަހެޅި ގިނަ ކަންބޮޑުވުންތަކާއި އެދުންތަކަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ކުރިން ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ވެސް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނޭ ރަޝިޔާ އަދި އިންޑިއާގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: