ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު 05 މީހަކު ރަނގަޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވިމީހުންގެ ތެރެއިން އިތުރު 05 މީހަކު ރަނގަޅުވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭަންސް ސެންޓަރުން ހާމަކޮށްފިއެވެ. 

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޢާންމުކުރުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް ޢަޒީޒުވަނީ އެ ކަން ޔަޤީންކޮށްދެއްވާފައެވެ.

މި ގޮތުން މަބްރޫކް ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވިމީހުންގެ ތެރެއިން އިތުރު 05 މީހަކު ރަނގަޅުވެފައިވާކަމަށާއި، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 109 އަށް އަރާފައިވާކަމަށެވެ. 

މަބްރޫކް މި ފަދައިން ހާމަކުރައްވާފައިވާއިރު، ހުކުރުވިލޭރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ، 13 މީހަކު ރަނގަޅުވެފައިވާކަމަށް ވިދާޅުވެފައެވެ. އެއީ ދިވެއްސެއްގެ އިތުރުން 12 ބިދޭސީންކަމަށް ވެސް މަބްރޫކް ވިދާޅުވެފައިވެއެވެ.

މި ވައިރަހުން މިއަދު 05 މީހަކު ރަނގަޅުވެފައިވާއިރު،  ބަލިޖެހޭ މީހުންގެ ނިސްބަތް ގިނަކަމަށް ފާހަގަކުރެވެއެވެ. މި ގޮތުން މިއަދުގެ މިހާތަނަށް 58 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 1274 އަށް އިތުރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: