ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމު ރައްޔިތުންނަށް ލިބިދޭ ސިއްހީ އިންޝުއަރެންސްއާއި މެމްބަރުންނަށް ލިބޭ އިންޝުއަރެންސަކީ އާޅާކިޔަންޖެހޭ ދެކަމެއް ނޫން: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުންނަށް ލިބިދޭ ސިއްހީ އިންޝުއަރެންސްއާއި މަޖިލީހުގެ މެމްބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސަކީ އާޅާކިޔަންޖެހޭ ދެކަމެއް ނޫންކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މެމްބަރު ނާޒިމް މިހެން ވިދާޅުވީ، ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި 7،225 މީހުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ޕެޓިޝަނަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، މިއީ އެއާ އެއްކޮޅަށް ވާހަކަދެއްކި ނަމަވެސް އަދި ދެކޮޅަށް ވާހަކަދެއްކި ނަމަވެސް އެއްވެސް މީހަކަށް ސަލާމަތެއް އޮތް މައުލޫއެއް ނޫން ކަމަށެވެ. ކޮންމެ ހާލަތެއްގައި ވެސް ހައްގުބަސް ބުނަންޖެހޭނެ ކަމަށް ވިދާޅުވެ ނާޒިމް ވިދާޅުވީ ދައުލަތެއްގެ އަސާސި ސިފަތަކުގެ ތެރޭގައި ހިމާޔަތްކުރަންޖެހޭ އަސާސްތަކެއް ހުންނަކަމަށާއި އެގޮތުން ޤައުމުގެ މުސްތަގިއްލު މަޤާމުތަކެއްގައި ތިއްބަވާ ބޭފުޅުންނާއި ވެރިކަން ކުރައްވާފައިވާ ފަރާތްތައް ވަކި ގޮތްތަކެއް ކަނޑައަޅަންޖެހޭކަމަށެވެ.

އަދި މަޖިލިސް މެންބަރުންނަށް ލިބިދޭ އިނާޔަތްތައް ފެށިގެން އަންނަނީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާއިން ކަމަށް ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެ މާއްދާގައި ބަޔާންކުރަނީ ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، މަޖިލީހުގެ މެންބަރުންގެ އިތުރުން ފަނޑިޔާރުންނާއި މުސްތަގިއްލު މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުން ކަމަށެވެ.

މެމްބަރު ވިދާޅުވީ ހެލްތު އިންޝުއަރެންސަކީ މަޖިލީހުން ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ އިނާޔަތެއްކަމަށެވެ. އެހެންކަމުން ހެލްތު އިންޝުއަރެންސް ކަނޑައަޅާފައިވަނީ ހަމައެކަނި މެމްބަރުންނަށް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

“ އާންމު ރައްޔިތުންނަށް ލިބިދޭ ސިއްހީ އިންޝުއަރަންސްއާއި މަޖިލީހުގެ މެމްބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސަކީ އާޅާކިޔަންޖެހޭ ދެކަމެއް ނޫން. ހެލްތު އިންޝުއަރެންސަކީ މަޖިލީހުން ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ އިނާޔަތެއް. އެހެންކަމުން ހެލްތު އިންޝުއަރެންސް ކަނޑައަޅާފައިވަނީ ހަމައެކަނި މެމްބަރުންނަށް ނޫން“ ނާޒިމް

މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މެމްބަރުވަނީ މަގުބޫލުކަން ބޭނުންވާ ކޮންމެ ފަހަރަކު އެ މަގުބޫލުކަން ބޭނުންވާ ފަރާތަކަށް އަދި އެކަމެއް ރައްދުވާ މީހުންނަށް އަމާޒުވާގޮތަށް ފިތުނަ އުފެއްދުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރަކު އަވަހާރަކޮށްލެވިގެން ގޮސްފައިވާކަން ނާޒިމް ހަނދާންކޮށްދެއްވިއެވެ.

ހަމައެއާއެކު ނާޒިމް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ލިބޭ އިންޝުއަރެންސާއި އާންމު ރައްޔިތުންނަށް ލިބޭ ސިއްހީ ހިދުމަތަކީ އަޅައިކިޔަންޖެހޭ ދެ ކަމެއް ނޫން ކަމަށެވެ. އަދި މި ޕެޓިޝަނުގެ ސަބަބުން ހަމައެކަނި މަޖިލިސް މެންބަރުންނަށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ކަމަށް ދައްކައިގެން، މެންބަރުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ފިތުނައާއި ނަފުރަތު އުފެއްދުމަކީ ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: