ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުން: އަމުރާއި ޚިލާފުވި އިތުރު 12 މީހަކު މިއަދު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ މިހާތަނަށް، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު އިތުރު 12 މީހަކު ހައްޔަރުކޮށްފިއެވެ. 

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އިގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، މިއަދުގެ މިހާތަނަށް، ލޮކްޑައުންގެ އަމުރުތަކާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 12 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 46 މީހަކު ޖޫރިމަނާ ވެސް ކޮށްފައިވާކަމަށެވެ.

“ލޮކްޑައުންގެ ހާލަތު ބެލެހެއްޓުމަށް ޕޮލިސްއިން ކުރަމުންދާ މަސައްކަތުގެތެރެއިން މިއަދުވަނީ 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ. އަދި 46 މީހަކު ޖޫރިމަނާކުރެވިފަ.” މަބްރޫކް

މިއަދުގެ މިހާތަނަށް 12 މީހަކު ހައްޔަރުކޮށްފައިވާއިރު، ބުރާސްފަތި ދުވަހުގައި، ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު 11 މީހުން ހިމެނޭހެން ޖުމްލަ 272 މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. ހަމައެއާއެކު 15 އޭޕްރީލްގައި މާލެ ސަރަހައްދު ލޮކްޑައުންކުރިފަހުން ޖުމްލަ 4849 މީހަކު މިވަނީ، ޖޫރިމަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: