ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ހިންމަފުށި މޮނިޓަރިންގެ ހާލަތުން ނަގައިފި

ކ.ހިންމަފުށި. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.ހިންމަފުށި މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ. 

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ހޮނިހިރުވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކްވަނީ، ހިންމަފުށި މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށް ވިދާޅުވެފައެވެ.

މި މަހުގެ 15 ވަނަ ދުވަހުގައި ހިންމަފުށި މޮނިޓަރިންގެ ހާލަތަށް ގެނެވުނީ، އެ ރަށުގައި ހުންނަ  ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ) ގައި ފަރުވާ ހޯދަމުންއައި 03 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.  

މި ގޮތުން އެ ރަށުގައި ކޮވިޑް-19 ފެތުރެމުންދޭތޯ ބެލުމަށްޓަކައި، ޑީޓީއާރުސީންނާއި، އެރަށުގައި ހުންނަ އައްސޭރި ޖަލުންނާއި، ރަށުގެ އިންޑަސްޓްރިއަލް ޒޯނުގެ އިތުރުން، ރަށުގެ އާބަދީ ހިމެނޭ ސަރަހައްދުން ޖުމްލަ 146 ސާމްޕަލް ނަގާފައިވާއިރު، އެ ހުރިހައި ސާމްޕަލްތަކެއްގެ ނަތީޖާވަނީ ނެގެޓިވްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: