ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީގަލް ހިލްސްގެ ވެރިޔާއަކީ އެހާ މުއްސަނދި މީހެއްނަމަ އެހެން ފަޅެއް ހިއްކައިގެން މަޝްރޫއު ހިންގަވީ: ދީދީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަކުރި ބިމެއްގައި އެ މަޝްރޫއު ހިންގުމުގެ ބަދަލުގައި، އީގަލް ހިލްސްގެ ވެރިޔާއަކީ އެހާ މުއްސަނދި ބޭފުޅެއްނަމަ އެހެން ހިސާބަކުން ފަޅެއް ހިއްކައިގެން މަޝްރޫއު ހިންގަވަންވީ ނޫންތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގަން އުޅޭ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުމަކީ ހަމައެކަނި ބިން ކުއްޔަށް ދިނުން ނޫން ކަމަށާއި، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ބުނެ ދޮގު ހެދުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއު ހިންގާއިރު އެންމެ ވެލިފުކެއްވެސް އަދި އެންމެ ދުވަހަކަށްވެސް ބޭރުގެ ފަރާތަކަށް ކުއްޔަށް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ، އެ ބިން 8 މަސްދުވަހުގެ ތެރޭގައި ހިއްކަން ހަމަޖެހުނު ނަމަވެސް، މިހާރު އެ ބިން ދޫކޮށްލަނީ އެއްވެސް އިކުއިޓީއެއް ނެތި 99 އަހަރަށް ކަމަށެވެ. މީގެ އިތުރުން، އެ މަޝްރޫއަށް 20 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ސަރުކާރުން ބުނާއިރު އިންވެސްޓަރު ބުނަނީ 12 ބިލިއަން އިންވެސްޓްކުރާނެ ކަމަށް ކަމަށާއި، އެ ދެމެދުގައި 8 ބިލިއަންގެ ފަރަގެއް އުޅޭކަމީވެސް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

ދީދީ އިތުރަށް ވިދާޅުވީ އެ އިންވެސްޓްމަންޓް ކުރަނީ ކިތައް އަހަރުގެ ތެރޭގައިކަން ސާފުނުވާ ކަމަށެވެ.

”99 އަހަރުގެ ތެރޭގައި ތޯ 12 ބިލިއަން ތޯ. އެހެން ވެއްޖެިއްޔާ އަހަރަކަށް ނެގްލިޖިބަލް އެމައުންޓެއް އެ ޖެހެނީ. އިންޑަސްޓްރީއަށް ބެލި ނަމަވެސް. އެހެންވީމާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޓޯޓަލް ސޮލިއުޝަންއެއް ގެނެސް ދެއްވުމަށް ވައުދުވެ، ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ބިމެއް މިގޮތަށް ބަޔަކަށް ދިނީމަ. އެއްވެސް ގޮތަކަށް ގުދުރަތީ ގޮތުން އުފެދިފައިވާ ބިމެއް ދީގެން އަޅުގަނޑަށް ހިއެއް ނުވޭ ކަންބޮޑުވުމެއް އޮންނާނެ ހެނެއް،“ އޭނާ ވިދާޅުވިއެވެ.

މީގެކުރިން ނ. އަތޮޅުންވެސް ބިމެއް ކުއްޔަށް ދިން ކަމަށާއި، އެ ފަހަރު ދައުލަތުގެ ބައިތުލްމާލަށް ގާތްގަނޑަކަށް 21 މިލިއަން ވަދެގެން ދިޔަކަން ދީދީ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން އެހާ ބޮޑު ބިމެއް ހިއްކުމަށްފަހު، މިފަދަ ގޮތަކަށް ދޫކޮށްލުމުން އިގްތިސޯދަށް ކުރާ ނޭދެވޭ އަސަރުތަކާމެދު ރައްޔިތުންގެ މެދުގައި ނުހަނު ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: