ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިސްތާނުން ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ދާއިރާއިންނާއި، ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފިއެވެ.

މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ، އެމަނިކުފާނު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.

މި ޝަރަފު އެމަނިކުފާނަށް އަރުވާފައިވަނީ އެކި ދާއިރާތަކުން ކުރައްވާފައިވާ ހިދުމަތްތަކާއި، ދިވެހިރާއްޖޭގެ ތަރައްގީއަށް ވެދެއްވާފައިވާ އަގުހުރި ހިއްސާއާއި، ބައިނަލްއަގްވާމީ މައިދާނުގައި ގައުމު ތަމްސީލުކުރެއްވުމުގައި ކުރައްވަމުން ގެންދަވާ ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ވެސް މީގެ ކުރިން ވަނީ ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފައެވެ. މިދިޔަ އަހަރު ރައީސް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ’އޮނަރަރީ ޑިގްރީ އޮފް ޑޮކްޓާ އޮފް ފިލޯސަފީ’ގެ ޝަރަފު ރައީސް މުއިއްޒަށް އަރުވާފައިވަނީ އިސްލާމިކް ލީޑާޝިޕް އަދި މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ސަރުކާރާއެކު ރަސްމީ މަޝްވަރާތައް އަންނަނީ ބާއްވަމުންނެވެ. މިގޮތުން، ދިފާއީ ދާއިރާ ހިމެނޭހެން ޕާކިސްތާނާއި ރާއްޖެއާ ދެމެދު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: