ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ޖަނަރޭޓަރުތަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ކުރިއަށްގެންދެވޭނެ ކަމަށް ނިންމައިފި

ހައިކޯޓު ހިންގާ އިމާރާތް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޖަނަރޭޓަރުތަކުން އަރާ ދުމާއި، އަޑު އަދި ވައިބްރޭޝަނުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ކުރިއަށްގެންދެވޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ އަސާސީ ހައްގު ގެއްލޭ ކަމަށް ބުނެ ހ. ފެހިހިރީގައި ދިރިއުޅޭ 5 މީހަކު ހުށަހަޅާފައިވާ ދައުވާއެކެވެ. އެ ފަރާތްތަކުން ކޯޓަށް ހުށަހެޅި ދައުވާގައި ފާހަގަކޮށްފައި ވަނީ، ސްޓެލްކޯއިން ގާނޫނާ ހިލާފަށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކުގެ ވިހަ ދުމާއި ބާރުގަދަ އަޑުގެ ސަބަބުން އެ ސަރަހައްދު ތަގައްޔަރުވެ، އެތަނުގައި ދިރިއުޅޭ މީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރިން ނިންމާފައި ވަނީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އެ ފަރާތްތަކަށް ލިބިގެންވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ދަށު ކޯޓުގެ އެ ނިންމުމާ ދެކޮޅަށް ހުށަހެޅި އިސްތިއުނާފު ބާތިލުކޮށްދިނުމަށް ސްޓެލްކޯގެ ފަރާތުން އެދުނު ނަމަވެސް، ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ އެ މައްސަލަ ބާތިލުކުރަންޖެހޭ އެއްވެސް ތަނެއް ނެތް ކަމަށާއި އިސްތިއުނާފުގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: