ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް: ރައީސް ނަޝީދު

ރައީސް ނަޝީދު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ހިންގަން އުޅޭ ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއާ ގުޅިގެން އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރަސްމާލޭގައި ހިންގަން ހަވާލުކުރާ މަޝްރޫއުއާ ގުޅިގެން އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މިހާރު ރާއްޖޭގައި ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަންނާނެކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ވަޓްސެޕް ގްރޫޕުގައި އެ މައުޟޫގައި ބަހުސް ހޫނުވެ، އެ މަޝްރޫއާ ދެކޮޅު ފަރާތްތަކުން ރައްދު ދީފައިވާއިރު، އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެކަން ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ފާހަގަކުރައްވާފައިވެއެވެ.

އަލައްބާރަކީ ޒަޔަނިޒަމް ޕްރޮމޯޓްކުރާ މީހެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އޭނާ އަކީ ޔޫއޭއީ ބިނާކުރުމުގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސް ނަޝީދު އެ ގްރޫޕުގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ބައެއް ފަރާތްތަކުން އެ މަޝްރޫއާ ދެކޮޅަށް ކުރިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދެއްކެވުމުންކަން ރައީސް ނަޝީދުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަދި އެހެން ބައެއް އިސް ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ދެކޮޅަށް އަޑުއުފުލަމުންދާ ނަމަވެސް، އެމަނިކުފާނު އެކަމާ ދެކޮޅަށް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވަނީ، އެ މަޝްރޫއު ރާއްޖޭގައި ހިންގުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި މައްސަލައަކީ މާލެ ސަރަހައްދުގައި އެ މަޝްރޫއު ކުރިއަށް ގެންގޮސް ހުރިހާ އިގްތިސާދީ ފުރުސަތުތަކެއް މާލޭ ސަރަހައްދަށް ޖަމާކުރުން ކަމަށެވެ.

ރަސްމާލޭގެ މަޝްރޫއުގެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ބަހުސް ހޫނުވެފައިވާއިރު، އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އާއި ޕީއެންއެފްގެ ބައެއް އިސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތެއް ފަށަން ނިންމާފައިވަކަން ވެސް އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: