ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން މަޤާމުގައާއި އާންމު ދިރިއުޅުމުގައިވެސް ސުލޫކީ މިންގަނޑު ހިފަހައްޓަންޖެހޭ: އުއްތަމަ ފަނޑިޔާރު

އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު/ ފޮޓޯ: ސުޕްރީމް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުން މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައާއި އާންމު ދިރިއުޅުމުގައިވެސް އަބަދުވެސް ސުލޫކާއި އަޚުލާޤު ހިފަހައްޓަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި، ފަނޑިޔާރުކަމުގެ ޒިންމާއަކީ ބޮޑު އަމާނާތެއްކަން ފާހަގަކުރައްވައި، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއެކު ޤާނޫނުއަސާސީގެ ހަމަތައް ނަގަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ފަނޑިޔާރަކަށް ވުމުން އާންމު ދިރިއުޅުމަށް ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށާއި، ކުރިން ބޭރަށް ނުކުމެ އުޅުނު ގޮތާއި އެކުގައި އުޅުނު މީހުންނާ އެކު އުޅުން ބަދަލުކޮށް، އާންމުން ބަލައިގަންނަ ފަދަ ގޮތަކަށް އުޅުން ބައްޓަންކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ކޯޓުތަކުގައި ފަނޑިޔާރުން މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރަމުންދާ މަސައްކަތްތައް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ކޯޓުތަކުން މައްސަލަތައް ނިންމުން ލަސްވާން ދިމާވާ ބައެއް ސަބަބުތަކަކީ ހަމައެކަނި ކޯޓުތަކަށް އެކަނި ހައްލުކުރެވޭނެ ކަންކަން ނޫން ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: