ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުގެ ޕްރޮޕަޓީތައް ދޫކުރަނީ ގިނަވެގެން 99 އަހަރަށް: ދާއިމީކޮށް މިލްކު ނުކުރެވޭނެ: މުއްތަލިބް

ރަސްމާލެއަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް ޔޫއޭއީގެ އީގަލް ހިލްސް އާއެކު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ސޮއިކުރިން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫއުގެ ދަށުން ވިއްކާ އެއްވެސް ޕްރޮޕަޓީއެއްގެ ލީސް މުއްދަތު 99 އަހަރަށްވުރެ ދިގު ނުވާނެ ކަމަށާއި، މުއްދަތެއް ނެތް ގޮތަށް އެއްވެސް ފަރާތަކަށް ތަން މިލްކު ނުކުރެވޭނެކަމަށް ހައުސިން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މި މަޝްރޫއުގެ ދަށުން ހުރިހާ ޕްރޮޕަޓީތަކެއްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 99 އަހަރުގެ ލީސްހޯލްޑް އުސޫލުންނެވެ.

މި އުސޫލުގެ ދަށުން، ލީސް މުއްދަތު ހަމަވުމުން އެތަނެއްގެ ހުރިހާ ހައްގެއް ދައުލަތަށް އަނބުރާ ލިބިގެންދާނެއެވެ. އަދި ލީސްގެ މުޅި މުއްދަތުގައިވެސް ބިމުގެ އަސްލު މިލްކުވެރިކަން ދެމިއޮންނާނީ ދައުލަތުގެ ބާރުގެ ދަށުގައެވެ.

މީގެ އިތުރުން، ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް 99 އަހަރުގެ މުއްދަތު ހަމަވުމަށްފަހު، އެ މުއްދަތު އިތުރަށް އައުކުރުމުގެ (ރީނިއު ކުރުމުގެ) އެއްވެސް ފުރުސަތެއް ނޯންނާނެއެވެ.

މަޝްރޫއު ތަރައްގީކުރާ އީގަލް ހިލްސްއަށް ލިބިގެންވަނީ ތަން ތަރައްގީކުރުމާއި މެނޭޖުކުރުމުގެ ހައްގު އެކަންޏެވެ. އަދި އެތަނުން ޕްރޮޕަޓީއެއް ވިއްކާލުމާއެކު، އެ ބިމަކަށް އެ ކުންފުންޏަށް އޮންނަ ލީސްކުރުމުގެ ހައްގު އަނބުރާ ދައުލަތަށް ބަދަލުވެގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ޕްރޮޕަޓީ ގަންނަ ފަރާތަކަށް އެތަން އެހެން ފަރާތަކަށް އަލުން ވިއްކާލެވޭނީވެސް ދައުލަތުގެ ހުއްދަ ލިބިގެންނެވެ. އެގޮތަށް އެހެން ފަރާތަކަށް ޕްރޮޕަޓީ ވިއްކާލާ ހާލަތްތަކުގައި ކުރީގެ ލީސް ބާތިލުކޮށް، އައު ގަންނަ ފަރާތަށް ދައުލަތުން އައު ލީސްއެއް ދޫކުރާނެއެވެ. އަދި ބިމުގެ ވެރިފަރާތުގެ ހައިސިއްޔަތުން ދައުލަތަށް ފީ ނަގައި، އާމްދަނީ ހޯދުމުގެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: