ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއާއެކު ރާއްޖޭގެ ވިޔަފާރިތަކާއި އުފެއްދުންތެރިކަމުގެ އިތުރުން އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުން ވަނީ އަލުން ހާމަކޮށްދީފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ މިއަހަރުގެ 25 އޮކްޓޫބަރުން ފެށިގެން 2 ނޮވެންބަރުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯއަކީ ދިވެހި އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ. މިއީ ވިޔަފާރިވެރިންނާއި އަމިއްލަ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެއް ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.

ޤައުމީ ބޭންކުގެ ދައުރާއެއްގޮތަށް، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ މިފަދަ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި ބީއެމްއެލް އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. މީގެއިތުރުން، މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯ 2025 ގެ މެއިން ސްޕޮންސަރަކީ ވެސް ބީއެމްއެލްއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: