ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހަޒާނާއިން ހޭދަކުރާ ކޮންމެ ލާރިއަކީ އަމާނާތްތެރިކަމާއެކު ބަލަހައްޓަންޖެހޭ އެއްޗެއް: ޒަރީރު

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަޒާނާއިން ހޭދަކުރާ ކޮންމެ ލާރިއަކީވެސް އެންމެ މަތީ ދަރަޖައިގެ އަމާނާތްތެރިކަމާއެކު ބެލެހެއްޓޭ އެއްޗަކަށް ވާންޖެހޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރުމާއި ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

2040 ވަނަ އަހަރަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، ހަރުދަނާ މާލީ ނިޒާމަކާއި، ޑިޖިޓަލް ޓެކްނޮލޮޖީ އަދި ސައްހަ މާލީ މައުލޫމާތު މުހިންމު ދައުރެއް އަދާކުރާނެކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރު ހޯދޭނީ ދެފުށް ފެންނަ ރިޕޯޓިން ނިޒާމެއް ގާއިމުކޮށްގެން ކަމަށާއި، ހަރުދަނާ އެކައުންޓިންގެ ސަބަބުން ޓެކުހަށް މަކަރުހެދުން ހުއްޓުވުމަށް މަގުފަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައުލަތުގެ މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އޮޑިޓްގެ ފެންވަރާއި، މިނިވަންކަމާއި އަހުލާގީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އިލްތިމާސްކުރައްވަމުން، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މީގެއިތުރުން، އެކައުންޓިންގ ދާއިރާއަށް ހުނަރުވެރި ޒުވާނުން ނެރުމަށް ސީ.އޭ މޯލްޑިވްސްއިން ފަށާފައިވާ ’އެކައުންޓަންޓްސް އިން ބިޒްނަސް‘ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ތައުރީފުކުރެއްވިއެވެ.

ހަމައެއާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ އެނަލިޓިކްސް ފަދަ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވުމުގެ މުހިންމުކަން ބަޔާންކުރައްވަމުން، ކިތަންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީއެއް ބޭނުންކުރި ނަމަވެސް، އިންސާނީ ނަޒާހަތްތެރިކަމާއި ފަންނީ ނިންމުންތައް ބަދަލުނުކުރެވޭނެކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: