ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯގެ ކޯލް ސެންޓަރުގެ ޚިދުމަތް އަލުން ފަށައިފި

ވެމްކޯގެ މުވައްޒަފަކު ޚިދުމަތުގައި... ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯގެ ކޯލް ސެންޓަރުގެ ޚިދުމަތް މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

މި ކަން ހާމަކޮށް އަންގާރަދުވަހު ވެމްކޯއިން ބުނީ، އެ ކުންފުނީގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް  މެދުކަނޑާލާފައި އޮތުމަށްފަހު، ކޯލް ސެންޓަރުގެ  ޚިދުމަތްތައް އަލުން ފަށާފައިވާކަމަށެވެ.

މި ގޮތުން، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް، ހެނދުނު 10:00 އިން ފެށިގެން، ހަވީރު 16:00 އަށް ކޯލް ސެންޓަރު ހުޅުވިފައި ހުންނާނެކަމަށް ވެމްކޯއިން ބުނެއެވެ.

މީގެ އިތުރުން، ހުކުރުދުވަހު ޚިދުމަތް ފޯރުކޮށްދޭނީ، މެންދުރުފަހު 14:00 އިން ފެށިގެން، ހަވީރު 17:00 އަށްކަމަށް ވެސް ވެމްކޯއިން ހާމަކޮށްފައިވެއެވެ.

ވެމްކޯއިން ބުނިގޮތުގައި، ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް ކޯލް ސެންޓަރު ހުޅުވިފައި ހުންނަ ގަޑިތަކުގައި 1616 އަށް ގުޅުމުން މަޢުލޫމާތު ސާފުވެގެންދާނެއެވެ.

މީގެ ކުރިން ވެމްކޯގެ ކޯލްސެންޓަރުގެ ޚިދުމަތްތައް މެދުކަނޑާލާފައިވަނީ، އެ ކުންފުނީގެ މުވައްޒަފަކު ޕޮ7÷މި މަހުގެ 14 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: