ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ޓޫރިޒަމް ދާއިރާއިން އަހަރަކަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ރަސްމާލެ މަޝްރޫއުގެ ސަބަބުން ލިބިގެންދާނެ: އިބްރާހީމް ދީދީ

ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާއިން އަހަރަކަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ރަސްމާލެ މަޝްރޫޢުގެ ސަބަބުން ލިބިގެންދާނެކަަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، ރަސްމާލެ މަޝްރޫޢަށް އޭނާ ތާއީދުކުރައްވާ އެންމެ ބޮޑު އެއް ސަބަބަކީ، މިހާރު ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާއިން އަހަރަކަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ރަސްމާލެ މަޝްރޫޢުގެ ސަބަބުން ލިބިގެންދާނެތީކަމަށާއި އަދި ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންނަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށްޓަކައި ކޮންމެހެން މުހިންމު، ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.

އެގޮތުން އެ މަޝްރޫޢުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދާއިރާގެ ތަޖުރިބާކާރުންވެސް ފާހަގަކުރައްވާ ކަމަށާއި އެހެންކަމުން މި މަޝްރޫޢުއަކީ ޤައުމަށާއި ދިވެހިންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދީދީ ފާހަގަކުރެއްވިއެވެ. 

”ރަސްމާލޭ ޕްރޮޖެކްޓަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ދިވެހިންނަށް މުސްތަގުބަލެއް ގެނެސްދިނުމައްޓަކާ ވަރަށް ބޮޑު މުހިންމު ޕްރޮޖެކްޓެއް. މިހާރު ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާއިން އަހަރަކަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް ރަސްމާލެ މަޝްރޫޢުގެ ސަބަބުން ލިބިގެންދާނެ. އާމްދަނީ ދެގުވަ ވެގެންދާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުވެސް އަދި ޕްރޮޖެކްޓުގެ އެކިއެކި މަޢުލޫމާތު އެއްކުރައްވާ ތަޖުރިބާކާރުންވެސް ވިދާޅުވޭ“ ދީދީ

ރަސްމާލެ މަޝްރޫޢާ ދެކޮޅަށް ވަކާލާތުކޮށް ވާހަކަދައްކަވާ ބޭފުޅުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެންބަރު ވިދާޅުވީ، އެ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ އެއްވެސް ވިސްނުމަކަށް އަދި ހަމައަކަށް ފެތޭ ވާހަކަތަކެއް ނޫން ކަމަށެވެ. އިދިކޮޅު ހުރިހާ ބޭފުޅުންނަކީ މި މަޝްރޫޢާ ދެކޮޅު ބޭފުޅުން ނޫން ކަމަށާއި، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައިވެސް މިއީ ޤައުމަށް ފައިދާހުރި މަޝްރޫޢެއްކަން ޤަބޫލުކުރައްވާ އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެބަތިއްބެވިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ދެކޮޅުވެރިކަން ދައްކަވާ ބައެއް ބޭފުޅުންގެ ވާހަކަތަކާއި ޢަމަލުތައް ފުށުއަރާތީ، އެ ބޭފުޅުންގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށް ދީދީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް މިފަދަ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިޔާފައިވެއެވެ.

މިސާލެއްގެ ގޮތުން އެނބޫދޫ ފަޅުގައި ތަރައްޤީކޮށްފައިވާ ”ކްރޮސްރޯޑްސް“ އަކީވެސް މުސްލިމް ދިވެހި އަދި އިންވެސްޓަރުންނެއް ނޫން ކަމަށާއި، ރާއްޖޭގައި މިހާތަނަށް އިންވެސްޓްމަންޓްތައް ގެނެސްފައިވަނީ ވަކި ދީނަކަށް ނުވަތަ ވަކި ޤައުމަކަށް ބަލައިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އިސްރާއީލުން މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ގުޅިގެން ރާއްޖޭގެ ރައްޔިތުން އެކަމާ ދެކޮޅު ކަމަށާއި، މިހާރުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުންވެސް އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ އޭނާ ވަނީ ރަސްމާލޭގައި އިސްރާއީލުގެ ބަޔަކު ވަޒަންވެރިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.

”އިޒްރޭލުން ބަޔަކު އައިސް ރާއްޖޭގައި ވަޒަންވެރިވުމުގެ އެއްވެސް ޖާގައެއް ނެތް“ ދީދީ

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުގައިވެސް އެތައް ޒަމާންތަކެއް ވަންދެން ޣައިރު މުސްލިމުން އުޅެމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންގެ ޢަޤީދާއަށް ބަދަލެއް ނާންނަކަން ފާހަގަކުރައްވައި، މެންބަރު ވިދާޅުވީ ރަސްމާލެ މަޝްރޫޢުގެ އިންވެސްޓަރަކީ ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރާ މުސްލިމެއް ކަމަށެވެ.

އަދި ބޭރުގެ އެކި ދީންތަކުގެ މީހުންނާއެކު ދިވެހިންނާއި ދިވެހި ވިޔަފާރިވެރިންވެސް ގުޅުން ބާއްވައި ވިޔަފާރިކުރާއިރު، އިންވެސްޓަރަކު އެހެން ދީންތަކުގެ މީހުންނާ ގުޅުން އޮތުމަކީ މައްސަލައަކަށް ހަދައިގެން ވާހަކަދެއްކުމުގެ ޖާގައެއް ނެތް ކަމަށް މެމްބަރު ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް 99 އަހަރަށް ބިން ދޭ ވާހަކައާއި، މީހުން ވަޒަންވެރިވާ ގޮތަށް ހުސްނުވާ ގޮތަށް ބިން ދޫކުރާ ކަމަށް ބުނެ ދައްކަވާ ވާހަކަތަކަކީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން އުފައްދާ އެފަދަ ސުވާލުތަކަށް އެއްވެސް އަސާސެއް ނެތް ކަމަށް މެމްބަރު އިބްރާހިމް ދީދީ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: