ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝީން މިސްއާއެކު ކެމިސްޓްރީ ދަސްކުރަން ބޭނުންތަ

ޝެއާރކޮށްލާ ކަހަލަދޯ؟

“ފަސޭހަ ކެމް ވިތް ޝީން މިސް” faseyha chem with shyn miss މި ނަމުގައި ޔޫޓިއުބް މެދުވެރިކޮށް ފަސޭހަކަމާއެކު ދަރިވަރުންނަށް ކެމިސްޓްރީ މާއްދާގެ ވީޑިއޯ ފިލާވަޅުތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

ސިލްސިލާކޮށް ގެނެސްދޭ މި ވީޑިއޯ ފިލާވަޅުތައް ނަންގަވައިދެއްވަނީ، އަމީނިއްޔާ ސްކޫލުގެ ސެކަންޑަރީ ކެމިސްޓްރީ މުދައްރިސާއެއްކަމަށްވާ ފާޠިމަތު ޝީނާޒް ޢަލީއެވެ.

އުނގަންނައިދެއްވުމުގެ ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ހުންނެވި ފާޠިމަތު ޝީނާޒްއަކީ، އެޑިއުކޭޝަންއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

މި ވީޑިއޯ ފިލާވަޅުތައް ގެނެސް ދެއްވުމުގެ މަޤުޞަދާ ބެހޭގޮތުން ސަންގުން ސުވާލު ދަންނަވައިލުމުން ފުވައްމުލަކަށް އުފަން ޝީން ވިދާޅުވީީ މި ފިލާވަޅުތަކަކީ، ކޮވިޑް-19 އިގެ މި ދަތި އުނދަގޫ ދަނޑިވަޅުގައި އޯލެވެލް އިމްތިޙާނަށް ތައްޔާރުވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ފިލާވަޅުތަކެއްކަމަށެވެ.

މީގެ އިތުރުން މި ފިލާވަޅުތަކުގެ މަޤްސަދުތަކުގެތެރޭގައި، ކެމިސްޓްރީ މާއްދާއަށް ޝައުޤުވެރިވާ ކުދިންނަށް ފަސޭހައިން ފަހުމުވާނެގޮތަށް ސޯޝަލްމީޑިއާގެ ޒަރީޢާއިން ކުދިންނަށް އުނގަންނައިދިނުން ވެސް ހިމެނޭ ކަމުގައި ޝީން ވިދާޅުވިއެވެ.

“ދެވަނަ މަޤްޞަދަކީ، ހަމަ ޢާންމު ގޮތެއްގައި ކެމިސްޓްރީ ކިޔަވާކުދިންނާއި އެ މާއްދާއަށް ޝައުޤުވެރިވާ ދަރިވަރުންނާއި، އެހެން މީހުންނަށް ވެސް ފަސޭހައިން ދޭހަވާގޮތަށް ދިވެހި ދަރިވަރުންނަށް ފަސޭހަ ވާނޭ ގޮތް ބަލައިގެން ކެމިސްޓްރީ ކިޔަވައިދިނުން.” ޝީން 

https://youtu.be/_9lXdWUozSM

ފަސޭހަ ކެމް ޔޫޓިއުބް ޗެނަލްގައި ހުރި މި ފިލާވަޅުތަކަކީ ކެމިސްޓްރީ ކިޔަވައި ދެއްވާ މުދައްރިސުންނަށް ކިޔަވައި ދެއްވުމުގައި ބޭނުން ކުރައްވަން ވެސް ރަނގަޅު ފިލާވަޅު ތަކަކަށް ވާނެއެވެ.

ޝީން ވިދާޅުވި ގޮތުގައި އޯލެވެލްއަށް ޚާއްސަ ފިލާވަޅުތަކެއް މި ވަގުތު އަޕްލޯޑް ކުރަމުން އަންނައިރު ގްރޭޑް ހަތަކާއި، ގުރޭޑު އަށެއްގެ ދަރިވަރުންނަށް ބޭނުންތެރި ބައެއް ފިލާވަޅުތައް ވެސް ހިމެނިފައި ވާނެއެވެ.

https://youtu.be/aHkuCsLU238

މި ސިލްސިލާގެ ފިލާވަޅުތަކެއް މިހާރު ޔޫޓިއުބަށް އަޕްލޯޑްކުރެވިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް، ފިލާވަޅުތައް އަޕްލޯޑްކުރައްވަމުން ގެންދަވާނެކަމަށް ޝީން ވަނީ ވިދާޅުވެފައެވެ.

ޝީން ވިދާޅުވިގޮތުގައި، Faseyha chem with shyn miss މިހެން ޖަހައި ސާޗް ކޮށްލުމުން ޝީންގެ ފިލާވަޅުތަކުގެ ޔޫޓިއުބް ޗެނަލް ފެންނާނެެެއެެެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: