ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ދުވަހުގެ ހާއްސަ މުނާސަބަތުގައި ރައީސް ނަޝީދުގެ އިންޓަވިއުއެއް މިރޭ ސަންގު ޓީވީން ގެނެސްދެނީ

އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދުގެ ހާއްސަ އިންޓަވިއުއެއް މިރޭ ސަންގު ޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންޓަވިއު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައި ސަންގު ޓީވީގެ ނިއުސްރޫމުގައެވެ.

މިއީ ގައުމީ ފެންވަރުގައި ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ގެނެސްދޭ ހާއްސަ އިންޓަވިއުއެއް ކަމަށްވާއިރު، ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ތާރީހާއި، ޑިމޮކްރަސީގެ ދަތުރުގެ އިތުރުން ގައުމުގެ މިހާރުގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ރައީސް ނަޝީދު މުހިންމު ވާހަކަފުޅުތަކެއް މި އިންޓަވިއުގައި ހިއްސާކުރައްވާނެއެވެ.

މިރޭ 20:00 ގައި ގެނެސްދޭ މި ހާއްސަ އިންޓަވިއު ސަންގު ޓީވީގެ ޗެނަލުން ދެއްކުމުގެ އިތުރުން، ސަންގު ޓީވީގެ ފޭސްބުކް ޕޭޖާއި ”އެކްސް“ މެދުވެރިކޮށް ވެސް ވަގުތުން ލައިވްކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: