ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާވެރިކަން ބަލާކަށް ރައްޔިތުންނެއް ނުތިބޭނެ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ކަންކަމަކީ އަނިޔާވެރިވުން ކަމަށް ވިދާޅުވެ އެފަދަ މަންޒަރުތައް ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިނގައިދިޔަ ކަންކަން ކުރެއްވި ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުން ރޭ ފެނިގެން ދިޔައީ ރިޔާސަތުގެ ފެންވަރު ކަމަށެވެ.

ޖަމީލް ވިދާޅުވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމަށް އެމްޑީޕީ މެންބަރުން ހަމަލާ ދިނުމަކީ ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.

އެމްޑީޕީއަކީ އަބަދުވެސް އަބަދުވެސް ތަޅާފޮޅުން އިސްކުރާ ބައެއް ކަމަށާއި އަނިޔާވެރިކަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ދުނިޔޭގެ ގައުމުތަކުން ފެންނަމުންދާ މަންޒަރުން އެކަން ދަސްކުރަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ރޭ ހޫނުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ތަޅުމުން ނެރުނު ވަގުތު އެމްޑީޕީގެ މެމްބަރުންނާއި ދެމެދުވަނީ ހަމަނުޖެހުން ހިނގާފައެވެ.

މެންބަރުން ޖަލްސާ ކުރާ މާލަމުން ނެރުމަކީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާއެއް ކަމުގައި ވީނަމަވެސް ރޭ ޝިޔާމް މަޖިލީހުން ނެރުނީ އެމްޑީޕީ މެންބަރުން ވެގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: