ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ “ގުންޑާ” މެންބަރުންލައްވާ، އެހެން މެންބަރުން މަޖިލީހުން ނެރުމުގެ ބާރެއް ރައީސް ނަޝީދަކަށް ނޯންނާނެ: މޮސްޓާ

ނޮޅިވަރަމްދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ “ގުންޑާ” މެންބަރުންލައްވާ، އެހެން މެންބަރުން މަޖިލީހުން ބޭރަށް ނެރުމުގެ ބާރެއް، ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކަށް ނޯންނާނެކަމަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު( މޮސްޓާ) ވިދާޅުވެއްޖެއެވެެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު( މޮސްޓާ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ “ގުންޑާ” މެންބަރުންލައްވާ، އެހެން މެންބަރުން މަޖިލީހުން ބޭރަށް ނެރުމުގެ ބާރެއް، ރައީސް ނަޝީދަކަށް ނޯންނާނެކަމަށާއި، މަޖިލީހުގައި ވެސް ޚާއްސަ ޤަވާއިދުތަކެއް ހުންނަކަމަށެވެ.

މީގެ އިތުރުން މެންބަރު ނަޝީދު ވިދާޅުވީ، ހޯމަދުވަހުގެރޭ މެންދަމު ބޭއްވި މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔައީ ޤަވާއިދާ ޚިލާފަށްކަމަށެވެ. މި ގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލަށާއި، މަޖިލީހުގެ އަމީންއާންމަށް މަސްއޫލިއްޔަތު އަދާކުރައްވަން ގޮވާލައްވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މެންބަރު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގައި ހޯމަދުވަހުގެރޭ 01:30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ މެންބަރުން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.

މި ގޮތުން ބަލާއިރު، އެ ޖަލްސާގައި ރައީސް ނަޝީދު ވަނީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހުގެ ޤަވާއިދާއި ޚިލާފުވެވަޑައިގަތްކަމަށް ވިދާޅުވެ، ޝިޔާމްގެ ނަން އިއްވައި، މަޖިލީހުގެ ތަޅުންދޫކުރައްވައި ބޭރަށް ނިކުމެވަޑައިގަންނަވާން އަންގަވާފައެވެ. 

ނަމަވެސް ޝިޔާމް ވަނީ މަޖިލީހުން ނުނިކުންނެވުމަށް ގަދައަޅުއްވައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ހޯމަދުވަހުގެރޭގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަމާޒުކުރައްވައި، އެއް މެންބަރަކު އަނެއް މެންބަރަކަށް ހަޑިހުތުރުބަހުން މުޢާމަލާތްކުރައްވައި، އެއްވެސް ގައިދުރުކަމެއްނެތި، މަޖިލީހުގެ ކަރާމާތް ގެއްލުވާލައްވައި ހަމަނުޖެހުންތައް ހިންގެވި މަންޒަރުތައް ދައްކައިދޭ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގެތެރޭގައި ދައުރުވެގެން ގޮސްފައެވެ. އެ ވީޑިއޯތަކުން ފެންނަގޮތުގައި ބައެއް މެންބަރުންނަށް އަނިޔާވެފައިވާ މަންޒަރު ވެސް ފެނިގެންދެއެވެ.

މި ކަންތައްތަކާއި ގުޅިގެން މެންބަރު ނަޝީދުވަނީ، ރޭގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެންބަރުން ތިއްބެވީ ބަނގުރާ ހިއްޕަވައިގެންކަމަށް ތުހުމަތުކުރެއްވޭކަމަށް ވިދާޅުވެ، ފުލުހުންނަށް އެ މައްސަލަ ބައްލަވައިދެެއްްވުމަށް ވެސް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: