ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ އުމުރު ދެންމުމުގެ ބިލް ރައީސް ތަސްދީގް ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވެން ނެތުމުން އިންތިހާބު ފަސްކޮށް މިހާރުތިބި ކައުންސިލްތަކުގެ އުމުރު ދެންމުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ތަސްދީގް ކުރައްވައިފިއެވެ. 

ޖޫން މަހުގެ ތިން ވަނަ ދުވަހު މިހާރު ތިބި ކައުންސިލްތަކުގެ އުމުރު ހަމަވާތީ އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ކައުންސިލްތަކުގެ އުމުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމްއެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި 74 މެމްބަރުންގެ ވޯޓުންނެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގް ކުރައްވާފައިވާއިރު ގާނޫނުއަސާސީއަށް އިސްލާހު ގެނެސް މިހާރުތިބި ކައުންސިލްތަކުގެ ދައުރު ދެންމުމާއި މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ވެސް މަޖިލީޙުން ވަނީ ހޯދާފައެވެ. 

ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ކޮމެޓީ މަރުހަލާގައި ބޮޑު ބަދަލެއް ގެނެސް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އެގޮތުން އަލީ އާޒިމް ހުށަހެޅުއްވި އިސްލާހަކީ ގާނޫނުއަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރު ކުރުމަށެވެ. 

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް އަލީ އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ދެމި އޮންނާނެއެވެ. އަދި އަލީ އާޒިމް ހުށަހެޅި ދެ ވަނަ އިސްލާހަކީ އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރުތިބި ކައުންސިލްތައް ދެމި އޮތް ނަމަވެސް ކައުންސިލްތަކުން ކުރާނެ ކަންތައްތަކާއި މަސްއޫލީއްޔަތު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ވަގުތީ ގާނޫނަކުން ކަނޑައެޅުމަށެވެ. އެ ގާނޫނަކީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވައު ކުރުމުގެ ހާއްސަ ބިލެވެ. 

ސުޕްރީލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މަޖިލީހަށް ދިން ލަފާގައި ބުނެފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ގެނެވޭނީ ގާނޫނުގައި ބަޔާން ކުރާ ގޮތުގެ މަތީން ގެނެވޭ އިސްލާހަކުން ކަމަށެވެ. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް މިނިސްޓަރު އޮފް ހެލްތް އިއުލާން ކުރައްވާފައި އޮތްއޮތުމަކީ ގާނޫނުއަސާސީގެ 267 ވަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން މަނާ ކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ނުފެންނަ ކަމަށާއި،  ގާނޫނުއަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ އުސޫލާ ޚިލާފަށް ބަދަލުކުރުމަށް ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ހުއްދަ ދީފައި ނުވާކަމަށް އެ ލަފާގައި ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: