ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޑަކުދިންގެ ޢަދަދު 100 އަށް އިތުރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޑަކުދިންގެ ޢަދަދު 100 އަށް އިތުރުވެއްޖެއެވެ.

މި ކަން ހާމަކޮށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިޞަލް ވިދާޅުވީ، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޑަކުދިންގެ ޢަދަދު 100 އަށް އަރާފައިވާކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވްވާ ކުދިންގެ ޢަދަދު ނިސްބަތުން ގިނަކަމަށް ފާހަގަކުރެއްވޭކަމަށެވެ.

މީގެ އިތުރުން ޑރ.ފައިޞަލް ވިދާޅުވީ، މިހާތަނަށް ހޮސްޕިޓަލުގައި ދެ ކުދިން ބާއްވަންޖެހުނުކަމަށާއި، އެ ދެ ކުދިންނަކީ ވެސް 08 މަސްނުފުރޭ ދެ ކުދިންކަމަށެވެ.

ޑރ.ފައިޞަލް ވިދާޅުވީ އެ ދެކުދިންގައިގައި މިހާރު ރޯގާގެ ޢަލާމާތެއްނެތް ކަމަށެވެ. ނަމަވެސް ހުން ހުރިކަމަށާއި، އޭގެތެރެއިން އެއް ކުއްޖަކު ހޮޑުލައި ބޭރަށްހިންގިކަމަށް ވެސް ފައިޞަލް ވިދާޅުވިއެވެ.

އަދި މި ދެ ކުދިންނާއެކު ޕޮޒިޓިވްވި އެ ކުދިންގެ ޢާއިލާ އަދިވެސް ރަނގަޅުނުވާކަމަށާއި، ނަމަވެސް އެ ދެކުދިންގެ ޙާލު ރަނގަޅުކަމަށް ޑރ.ފައިޞަލް ވިދާޅުވިއެވެ.

ކޮވިޑް-19 އިގެ ކޭސްތައް ކޮންމެ ދުވަހަކު ވެސް ފެންނަމުންދާއިރު، އެ ކޭސްތަކުގެތެރޭގައި ކުޑަކުދިން ވެސް ގިނަ ޢަދަދަކަށް ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ހާލަކުން ދުވަހެއް ފިޔަވައި ކުޑަކުއްޖަކު ޕޮޒިޓިވްނުވާ ދުވަހެއް ނުދެއެވެ.

މި ގޮތުން ބަލާއިރު، އެޗްޕީއޭއިން އެންމެ ފަހުން ޢާންމުކުރި 12 ކޭސްގެތެރޭގައި ވެސް، 10 އަހަރުގެ ކުއްޖަކު ހިމެނެއެވެ. މީގެ އިތުރުން، ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުދިންގެތެރެއިން އެންމެ ހަގުކުއްޖާއަކީ، އެންމެ 11 ދުވަސްވެފައިވާ ކުއްޖެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވަމުން އަންނައިރު، މިހާތަނަށް 1841 މީހަކަށް މި ބަލިޖެހިފައިވެއެވެ. އޭގެތެރެއިން 7 މީހަކު ނިޔާވެފައިވާއިރު 608 މީހަކު މިހާރުވަނީ ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: