ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިޙް، އަޔަރލޭންޑްގެ ބޮޑުވަޒީރާއި މަޝްވަރާކުރައްވައިފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޕަބްލިކް އޮފް އަޔަރލޭންޑްގެ ބޮޑުވަޒީރު، ލިއޯ ވަރަޑްކާ އާއި ރައީސް އިބްރާހިމް މުޙައްމަދުު ޞާލިޙް މަޝްވަރާކުރައްވައިފިއެވެ.

ބުދަދުވަހުގެ މެންދުރުފަހު ފޯނުން ގުޅުއްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19އިގެ ރާއްޖޭގެ ހާލަތު އަޔަރލޭންޑްގެ ބޮޑުވަޒީރާ ހިއްސާކުރެއްވިއެވެ.

މި ގޮތުން ޖޫންމަހުގެ 02 ވަނަ ދުވަހާއި ހަމައަށް ރާއްޖެއިން 1841 މީހަކަށް މި ބަލިޖެހިފައިވާކަމަށާއި، ޖުމްލަ 7 މީހަކު ނިޔާވެފައިވާކަން ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކުރުމުގެ އިތުރުން، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށާއި، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ނިސްބަތް ވެސް މަދުވެފައިވާކަމަށް ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރައީސް ވަނީ ކުރިއަށް އޮތް މަރުހަލާތަކުގައި ކަންތައްތައް ކުރިއަށްގެންދަވަން ނިންމަވާފައިވާ ގޮތްތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ގޮތުން ދެން އޮތް މަރުހަލާތަކުގައި އޮތީ އިޤްތިސާދީ ހަރަކާތްތަކަށް ހުޅުވާލުމާއި، ބޯޑަރު އަލުން ހުޅުވާލުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ހުޅުވާލައި، ބަލީގެ މައްޗަށް ކާމިޔާބު ހޯދުމާއި، ކުރިޔަށްދިއުމަށް ޢަޒްމު ކަނޑައަޅުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި، ރާއްޖެފަދަ ޤައުމަކުން މި ހާލަތުން އަރައިގަނެ ކުރިޔަށް ފިޔަވަޅުއަޅަން މަސައްކަތްކުރާއިރު، ދަރަނި މަޢާފުކޮށްދިނުންފަދަ ކަންކަމަކީ، މި ކަމުން އަރައިގަތުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެންދާނެ ކަމެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ޞާލިޙާއި، އަޔަރލޭންޑްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ދެ ޤައުމުގައި ޤާއިމްވެފައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ޚިޔާލުބަދަލުކުރެއްވިއެވެ.

މި ގޮތުން ވިޔަފާރިއާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކޮށް ގުޅުންބަދަހި ކުރުމާބެހޭގޮތުން ވާހަކަދެއްކެވިއެވެ.

ބުދަ ދުވަހު ކުރެއްވި މި ފޯނުކޯލް ނިންމަވާލައްވަމުން ދެ ބޭފުޅުންވަނީ ބައިނަލްއަޤްވަމީ ގޮތުން އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިވުމަށާއި، އެއްބާރުލުންދިނުމަށާއި، ކޮވިޑުން އަރައިގަތުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގައި ކާމިޔާބަށް އެދިވަޑައިގެންފައެވެ.

ހަމައެހެންމެ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް ވެސް ދެ ބޭފުޅުން ވަނީ އެދިވަޑައިގަންނަވާފަައެެެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: