ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގެ މުވައްޒަފުންނަށް ވަޒީީީީީީީީފާއަށް ނުކުމެވޭނެ އިންތިޒާމު ހަމަޖައްސައިފި

ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓު ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންނަށް ސީދާ ރިސޯޓަށް ދެވޭނެގޮތް ހަމަޖައްސާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ބުދަވިލޭރޭ ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި، މޮނިޓަރިންގެ ހާލަތުން ނެގުނުފަހުން 14 ދުވަސްވެފައިވާ ރަށްރަށުން، ރިސޯޓުތަކުން ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންނަށް، އެ ރިސޯޓުތަކަށް ދިއުމުގައި ހުރަހެއްނެތްކަމަށް އެޗްޕީއޭއިން ނިންމަވާފައިވާކަމަށެވެ.

މީގެ އިތުރުން މޮނިޓަރިންގެ ހާލަތުން ނެގުނުފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓުތަކަށް ވަޒީފާއަށް ދާންބޭނުންވާ މުވައްޒަފުންނަށް، އެ ރިސޯޓެއްގައި 14 ދުވަހު ކަރަންޓީނުގައި ހުރުމަށްފަހު ވަޒީފާއަށް ނިކުތުން ވެސް އެންމެ ރަނގަޅުކަމަށް އެޗްޕީއޭއިން ނިންމަވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ރަށްރަށުން ރިސޯޓުތަކަށްދާން ބޭނުންވާ މުވައްޒަފުންގެ މަޢުލޫމާތު އެޗްޕީއޭއަށް އެންގުމަށް އެ އެޖެންސީން އަންގަވާފައިވާކަމަށެވެ.

މި ގޮތުން، އެ އެޖެންސީން އެ ގޮތަށް އަންގަވާފައިވާތީ ރިސޯޓުތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒަފުންގެ މަޢުލޫމާތުތައް 7223131 މެދުވެރިކޮށް ނުވަތަ މެއިލްގެ ޒަރީޢާއިން އެ މިނިސްޓްރީއާއި ހިއްސާކުރުމުށް އެދޭކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން، މިހާރު ދިނުމަށް ނިންމާފައިވާ ލުއިތަކުގެތެރޭގައި، އަންނަ ޖުލައި މަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އަލުން ފެށުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: