ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ އެއިމްސް ކްލިނިކަށް ކޮވިޑް ޓެސްޓް ހެދުމުގެ ހުއްދައެއް ނުދިން!

އައްޑޫ ސިޓީގައި ހިންގާ އަމިއްލަ ކްލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއަރ - ފޮޓޯ: އެއިމްސް ކްލިނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހިންގާ އަމިއްލަ ކްލިނިކެއް ކަމަށްވާ އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން އައްޑޫގައި ކޮވިޑު-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ނުދޭން ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.

ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތުގެ އިންތިޒާމުތައް ހަމަޖައްސާ އެކަމުގެ ހުއްދައަށް އެދިފައިވީ ނަމަވެސް އެ ހިދުމަތަށް ހުއްދަ ދެވެން ނެތްކަން ސަރުކާރުން އަންގާފައިވާކަމަށް ވިދާޅުވީ އެއިމްސްގެ މެމޭޖިން ޑިރެކްޓަރު އަލީ އިހުސާންއެވެ. އެކަމުގެ ސަބަބުން ކްލިނިކުގެ ފަރާތުން ކޮވިޑަށް ޓެސްޓު ކުރުމަށް ކުރަމުން އައި މަސައްކަތްތައް މަޑުޖައްސާލާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ގޮތުން އެއިމްސްއިން ހޯދާފައިވަނީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ވެސް ބޭނުން ކުރަމުން އަންނަ އެންޓި ބޮޑީ ޓެސްޓު ހެދޭ އެޕިއަސް 06 ގެ ސިސްޓަމެކެވެ. އެއިމްސްއަކީ ފުޅާ ދާއިރާއެއްގައި އައްޑޫގައި ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކްލިނިކްއެކެވެ. އަދި ކްލިނިކްގެ ފަރާތުން ކޮވިޑާއި ގުޅިގެން، ބަޔަށް ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ އެކަމުގެ ހުއްދައަށް އެދި ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ސިޓީއެއް ވެސް ފޮނުވާފައެވެ. މިއަދުގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާ އިހުސާން ވިދާޅުވީ، ހުއްދަ ދެވެން ނެތްކަމަށް ހެލްތް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

https://twitter.com/ali_ihusaan/status/1268505804497252353

ރާއްޖޭގެ ތިން ލެބޯޓްރީއެއްގައި ކޮވިޑަށް ޓެސްޓު ކުރެވެއެވެ. އެއީ އައިޖީއެމްއެޗާއި، ފުލުހުންގެ ލެބޯޓްރީ އަދި އޭޑީކޭގައެވެ.

މާލޭގައި ކޮވިޑް ފެތުރެން ފެށިތާ ދޮޅު މަސް ދުވަސް ވެފައި ވާއިރު އަދިވެސް އައްޑޫގައި ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމުގެ ސަބަބުން އެކަމާ އާއްމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ރާއްޖޭގައި އާބާދީ އެންމެ ބޮޑު އެއް ސިޓީގައި ކޮވިޑަށް ޓެސްޓު ނުކުރެވޭތީ އެކަމާ ގުޅިގެން މަޖިލީހުގައި ވެސް މައްސަލަ ހޫނުވިއެވެ. އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެކަމާއި ގުޅިގެން އިތުރުވާން ފެށުމުން ސަރުކާރުން ބުނެފައިވަނީ އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މޭއި މަހުގެ ތެރޭގައި އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރަން ފަށާނެ ކަމަށެވެ.

އައްޑޫ ސިޓީ ފޭދޫ އެއިމްސް ޑައިގްނޯސްޓިކް ކެއާއަށް ކޮވިޑަށް ޓެސްޓު ކުރުމަށް ހުއްދަތައް ދޫނުކުރި މައްސަލައިގައި އިހުސާން ވިދާޅުވެފައިވަނީ ހުށަހެޅުން ރިޖެކްޓު ކުރި ސަބަބެއް އަންގާފައި ނުވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ވެސް ގުޅާފައި ނުވާ ކަމަށާއި، އެއްވެސް އިންސްޕެކްޝަނެއް ވެސް ކުރިޔަށް ނުގެންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: