ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށްޓަކައި ކޯސްތަކެއް ފެށުމާއި ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި

ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާނެ މީހުން ބިނާކުރުމަށްޓަކައި ކޯސްތަކެއް ފެށުމާއި ބެހޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް މަޝްވަރާކުރައްވާފައިވަނީ،ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާނެ މީހުން ބިނާކުރުމަށްޓަކައި ކުރު މުއްދަތެއްގައި ތަމްރީނުކުރެވިދާނެ ކޯސްތަކެއް ފެށުމަށްކަމަށް ރައީސްއޮފީހުން ހާމަކޮށްފައިވެއެވެ.

މި ގޮތުން މިއަދުގެ ބައްދަލުވުމުގައި، ނައިބު ރައީސް ވަނީ، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރ އިބްރާހީމް ޙަސަންގެ އިތުުރުން ކައުންސިލްތަކުގެ އިސްވެރިންނާއި، ކަމާގުޅޭ އިސްބޭފުޅުންނާއި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ރައީސް ޞާލިޙްގެ އަމާޒަކީ، ރާއްޖޭގައި މި ވަގުތު ހުރި  ވަޒީފާތަކުގެތެރެއިން، ދިވެހިންނަށް އަދާކުރެވެންހުރި ވަޒީފާތަކަށް ވީހާވެސް ބޮޑަށް ދިވެހިން އަހުލުވެރިކޮށް،  މަސައްކަތްތައް ކުރިއަށް ގެންދިއުންކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ، ދިވެހިންނަށް ބޭނުންވާ ތަމްރީނުތައްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިގެން، ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ވީހާވެސް ގިނަ ދިވެހިން ބޭނުންވާކަމަށާއި، މި ދަނޑިވަޅަކީ ދިވެހިންނަށް ގިނަ ވަޒީފާތަކެއް ހޯދައިދިނުމަށް ލިބޭ ފުރުސަތަކަށް ހަދަންޖެހޭކަމަށެވެ.

ހަމައެއާއެކު ވަޒީފާގެ މާހައުލަށް ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި  ޢަލީ ވަޙީދު ވިދާޅުވީ، ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކަށް، ދިވެހިން ނެގުމަށް ބާރުއެޅުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް ވަޒީފާތަކަކީ ހަމަ އެކަނި ދިވެހިންނަށް ޚާއްސަކޮށްފައިވާ ވަޒީފާތަކަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޢަލީ ވަޙީދުވަނީ އަލިއަޅުއްވައިލައްވާފައެވެ.

މީގެ އިތުރުން ޢަލީ ވަޙީދު ވަނީ، ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތުވެސް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދެއްކެވި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިބްރާހިމް ޙަސަން ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށްޓަކައި ޚާއްސަކޮށްގެން ސްޓަޑީއެއް ހެދުމަށްފަހު ސެޓްފިކެޓް 3 ގެ ލެވެލްގެ 20 ކޯހެއް ޑިޒައިންކޮށްފައިވާކަމަށެވެ.

އަދި މިހާރު އެ ކޯސްތައް ފެށުމުގެ އެންމެފަހުގެ ތައްޔާރީތައްވަމުންދާ ކަމަށްވެސް ޑރ.އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ ކޯސްތައް ހިންގާނީ ތިއަރީ ބަޔަކާއި، ރިޒޯޓްތަކުގައި އަމަލީ ތަޖުރިބާ ފުރިހަމަ ކުރުމުގެ ބައެއް ވެސް ހިމެނޭހެންކަމަށާއި، މި ގޮތަށް މިކަން ކުރުމަށް ނިންމަވާފައިވަނީ، ވަޒީފާގެ މާހައުލަށް ދަރިވަރުން އަހުލުވެރިކުރުވައި، ވަޒީފާއަށް ވީހާވެސް ބޮޑަށް ލޯބިޖެއްސުމަށްކަމަށެވެ.

މީގެ އިތުރުން ޑރ.އިބްރާހިމް ޙަސަންވަނީ، ކޯސްތަކަށް ދަރިވަރުން ހޯދުމުގައި ކައުންސިލުތަކުން އެހީތެރިކަން ދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސްވަނީ، ކަމާބެހޭ ހުރިހައި އިދާރާތައް ވެސް ގުޅިގެން މަސައްކަތްކުރުމަށާއި، އެންމެ ފުރިހަމަގޮތުގައި މި ކޯސްތައް ހިންގައި އެދެވޭ ނަތިޖާއެއް ނެރެދެއްވުމަށް އެދިވަޑައގަންނަވާފައެވެ.

މީގެ އިތުރުން، ނައިބު ރައީސްވަނީ، ރައްޔިތުންގެ ކަންތައްތައް ބެލެހެއްޓުމަށާއި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް، ކައުންސިލަރުން ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، އެ ގޮތުގައި ދެމިތިއްބެވުމަށް ވެސް އެދިވަޑައިގެންފައެވެ.

ހަމައެއާއެކު ނިއުނޯމަލް އަކުން، ނޯމަލްއަށް ޤައުމުގެ ހާލަތު ބަދަލުވެގެންދާއިރު، ކުރިއަށްވުރެ ރަނގަޅު ޙާލަތަކަށް ރުޖޫޢަވުމަށްޓަކައި، ހުރިހައި ބޭފުޅުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ނައިބު ރައީސްވަނީ އެދިވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: