ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން 22 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ރިޕޯޓުކޮށްފިއެވެ.
ބައްޔަށް މިއަދު ޕޮޒިޓިވް ވި މީހުންގެ މައުލޫމާތު އާއްމުކޮށް އެޗްޕީއޭއިން ބުނެފައިވަނީ އޭގެ ތެރޭގައި ހިމެނެނީ 09 ދިވެއްސަކާއި، 10 ބަންގްލަދޭޝްގެ މީހުން އަދި އިންޑިއާގެ 03 މީހުން ކަމަށެވެ.
މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންނާއި އެކު ރާއްޖޭގެ ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 1،872 އެވެ. އަދި ބަލީގައި ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއުން ޖުމްލަ 648 މީހަކު ވަނީ ރަނގަޅުވެފައެވެ. އެހެން ކަމުން މިހާރު ފަރުވާ ދެމުން ދަނީ 1،215 މީހަކަށެވެ. ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ދަށް ވާން ފަށާފައިވާއިރު ބަލީގައި ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

