ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކްއިޕްމަންޓްތައް އިންސްޓޯލްކޮށްފި

ފޮޓޯ:އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ސަރުކާރުން ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ އިކްއިޕްމަންޓްތައް އެސްޓީއޯޯއިން އިންސްޓޯލްކޮށްފިއެވެ.

ހުކުރުވިލޭރޭ އެސްޓީއޯއިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިިލިޓީއަށް ބޭނުންވާ އިކްއިޕްމަންޓްތައް އިންސްޓޯލްކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން އެ ފެސިލިޓީއަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް އިކްއިޕްންޓް(ޕީޕީީއީ) އާއި މެޑިކަލް ސާމާނުވެސް ސަޕްލައިކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ، މި ފެސިލިޓީގެ ސަބަބުން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައަށް އެދެވޭ ފައިދާތަކެއްކުރާނެ ކަމަށާއި، އެ ފެސިލިޓީގައި ޤާއިމުކޮށްފައިވާ ވަސީލަތްތަކަކީ، ޑޮކްޓަރުންނަށާއި ނަރުހުންނަށް ރައްކާތެރި ސާފުތާހިރު މާހައުލެއްގައި ފަރުވާކުރެވޭނެ ފަދަ ގޮތަކަށް ޤާއިމުކޮށްފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލު ކައިރީގައި ޤާއިމުކޮށްފައިވާ، 300 އެނދުގެ މި ފެސިލިޓީގެ މަސައްކަތްތައް ނިންމައި، އައިޖީއެމްއެޗާއި އެ ތަން ހަވާލުކުރީ މި ހުސްވި މަހުގެ ފަހުކޮޅުގައެވެ.

މި ފެސިލިޓީ ބިނާކުރުމަށްޓަކައި ސަރުކާރުން 12 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެ ތަނަށް ބޭނުންވާ އެހެނިހެން އާލާތްތައް ގަތުމަށާއި، ސިއްހީ އާލަތްތައް ގަތުމަށް 28 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: