ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި ތިބި ދެ މީހަކު މިއަދު ދޫކޮށްލާނެ: ޑރ.އަޝްރަފް

ފަަރުކޮޅުފުށި. ފޮޓޯ:ނާޖިޙް، ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބަލި މީހުން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީގައި ގައި ބަލިން ރަނގަޅުވެފައި ތިބި ދެ މީހަކު މިއަދު ދޫކޮށްލާނެކަމަށް، އެ ފެސިލިޓީގައި ތިބޭ ބަލިމީހުންނާއި ހަވާލުވެގެން ހުންނެވި ޑރ. އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.

ޑރ. އަޝްރަފް މިއަދު ވިދާޅުވީ، މިއަދަކީ ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި އޭނާ މަޑުކުރައްވާ އެންމެފަހު ދުވަސްކަމަށެވެ.

މީގެ އިތުރުން ޑރ.އަޝްރަފް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 06 މީހަކު އެ ފެސިލިޓީގައި އެބަ ތިބިކަމަށާއި، އޭގެތެރެއިން މިހާރު ދެ މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށާއި، އަދި އެ ދެ މީހުން މިއަދު ދޫކޮށްލާނެކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެވ.

ޑރ. އަޝްރަފް ވިދާޅުވީ، ދެން ތިބި 04 މީހުން ވެސް ބަލިން ރަނގަޅުވެ ކުރިއަށް އޮތް ދެ ދުވަހެއްގެތެރޭގައި ދޫކޮށްލާނެކަމަށް އުންމީދުކުރާކަމަށެވެ.

 

https://twitter.com/AhmedAshraph/status/1268627634952433665?s=19

ކޮވިޑް-19 ޖެހުނު މީހުންގެތެރެއިން މިހާރު މަޑުމަޑުން ނަމަވެސް ރަނގަޅުވަމުން އަންނަ މީހުންގެ އަދަދު އިތުރުވާކަމަށް ފާހަގަކުރެވެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބުރާސްފަތި ދުވަހު 04 މީހަކު ރަނގަޅުވެފައިވާއިރު، އިތުރު 22 މީހަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ.

މި ގޮތުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ، 1872 އަށް އިތުރުވެފައެވެ. މީގެ އިތުރުން ރަނގަޅުވި މީހުންގެ އަދަދު މިވަނީ، 644 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: