ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށި ހިމާޔަތްކުރުމުގައި މި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ: ރައީސް ޞާލިޙް

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށި ހިމާޔަތްކުރުމުގައި މި ސަރުކާރު އަބަދުވެސް ދެމިއޮންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

މި ގޮތުން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ކޮވިޑް-19 އިގެ މި ހާލަތުން އެހެން ހާލަތަކަށް ރުޖޫޢަވުމަށްޓަކައި، ބައޯޑައިވަރސިޓީއާއި، ތިމާވެށި ރައްކާތެރިކުރުމަކީ މުހިންމުކަމެއްކަމަށެވެ.

https://twitter.com/ibusolih/status/1268812317699067910?s=19

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މިހާރު ފަށާފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ، ގުޅީފަޅު މަޝްރޫޢުއަކީ ތިމާވެށްޓަށް އިންތިހާއަށް ގެއްލުން ބޮޑު، ގުދުރަތީ ރީތިކަމުން ހޯދާ އިޤުތިޞާދީ އަދި އިޖުތިމާޢީ މަންފާ ހީނަރުކުރުވާ، މާލީގޮތުން ދެކޮޅު ނުޖެހޭ މަޝްރޫޢުއެއްކަމަށެވެ. މީގެ އިތުރުން ގުޅީފަޅުގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދުގެ ތިމާވެށްޓަށް ގެއްލުންތައް ލިބެމުންދާތީ އެ މައްސަލަ ވަނީ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: