ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްްޑައުން: އުސޫލުތަކާ ޚިލާފުވި އިތުރު 247 މީހަކު ޖޫރިމަނާކޮޮޮޮޮށްފި    

ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްްޑައުން އުސޫލުތަކާ ޚިލާފުވެ މަގުމައްޗަށް ނުކުމެ އުޅުނު އިތުރު 247 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ބުރާސްފަތި ދުވަހު ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވެ މަގުމައްޗަށް ނުކުމެ އުޅުނު 247 މީހަކު ޖޫރިމަނާކޮށް، 15 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

https://twitter.com/PoliceMv/status/1268877559409840128?s=19

ޖޫރިމަނާކުރި މީހުންގެތެރޭގައި ހިމެނެނީ، މާލެއިން ޖޫރިމަނާކުރި 235 މީހެއްގެ އިތުރުން، ހުޅުމާލެއިން ޖޫރިމަނާކުރި 12 މީހުންކަމަށް ފުލުހުން ބުނެއެވެ.

މި ޢަދަދުތަކާއެކު މާލެއިން ޖޫރިމަނާކުރި މީހުންގެ ޢަދަދު ޖުމްލަ 6555 އަށް އަރާކަމަށާއި، ހުޅުމާލެއިން ޖޫރިމަނާކުރި މީހުންގެ އަދަދު 733 އަށް އިތުރުވެފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ވިލިމާލެއިން ބުރާސްފަތި ދުވަހު އެއްވެސް މީހަކު ޖޫރިމަނާނުކުރާކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ވިލިމާލެއިން ޖުމްލަ 110 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ބުރާސްފަތި ދުވަހު ހައްޔަރު ކުރި މީހުންނާއެކު، މިހާތަނަށް ޖުމްލަ 420 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ. އެއީ، މާލެއިން 14 މީހަކާއި، ހުޅުމާލެއިން އެކަކުކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ގޮތުން ބުރާސްފަތި ދުވަހު މާލެއިން ހައްޔަރުކުރި 14 މީހުންނާއެކު، މިހާތަނަށް ޖުމްލަ 377 މީހަަަަކު މާލެއިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ހުޅުމާލެއިން މުޅިއެކު 40 މީހަަަަަކާއި، ވިލިމާލެއިން މިހާތަނަށް 03 މީހަކު ހައްޔަރުކޮށްފައިވާކަމެށެވެ.

ކޮވިޑް-19 އާއި ގުޅިގެން، މާލޭ ސިޓީ ލޮކްޑައުންކުރި ފަހުން މިހާތަނަށް  ޖުމްލަ 7398 މީހަކު ޖޫރިމަނާކޮށްފައިވެެެއެެެވެެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: