ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުންނަށް ނަހުލާގެ ތުހުމަތުތަކެއް!

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރާ އުޅަނދު ފަހަރު، އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްދިނުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއްގެ ބައިވެރިވުން އޮތް ކަމަށް  ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ތުހުމަތު ކުރައްފައިފިއެވެ.

ހުކުރު ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެންބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ އުޅަނދުތައް އެއް ގަރާޖެއްގައި ރަޖިސްޓްރީ ކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.

ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއްގެ ޝާމިލުވުން ނެތި އެފަދަ ކަމެއް ހިނގާފާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ބައެއް ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި ކުރިއާ ޚިލާފަށް މިނިސްޓްރީގެ މުވައްޒަފުން މިހާރު އެ ގަރާޖަކަށް ގޮސް އެތަނެއް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެހިކަލް އިތުރުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ވެހިކަލް ބޭނުން ކުރެވޭނެ އަދަދެއް އަދި ވެހިކަލް ބޭނުން ކުރެވޭނެ އުމުރެއް ކަނޑައަޅަން މަޝްވަރާ ކުރެވިފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އެއް ގަރާޖަކަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީ ކުރިޔަސް، އެ ހުރިހާ އުޅަނދުތައް މަގުމައްޗެއް ނުކުރެވޭނެ ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެ އުޅަނދުތައް ޕާކް ކުރާނެ އާ ޖާގަތަކެއް ހޯދައި ދިނުން ކަމަށެވެ.

ވެހިކަލް ބޭނުން ކުރެވޭނެ މުއްދަތެއް ކަނޑައަޅަން ފަށާ ނަމަ، ގިނަ ދުވަސް ވެފައި ހުރި ޓެކްސީތައް އާ ކުރަން ފުރުސަތުތަކެއް ދޭން ޖެހޭ ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި ޓެކްސީތައް އާ ކުރަން ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ އެންމެ ގަރާޖެއްގައި ސަތޭކާއަށް ވުރެ ގިނަ އަދަދެއްގެ ހަތަރު ފުރޮޅުލީ އުޅަނދުތައް އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރިކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: