ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލީފް ޕެކޭޖްތަކުގެ އެހީ ލިބުނު ފަރާތްތައް ހޯދަން މީކާއިލް އެދިވަޑައިގެންފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތަޢާރަފް ކުރި ކޮވިޑް-ރިލީފް ޕެކޭޖުން އެހީދިން ފަރާތްތަކުގެ ލިސްޓު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު  މީކާއީލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި މީކާއީލް ވިދާޅުވީ، ރިލީފް ޕެކޭޖްތަކުގެ އެހީ އަށް ޝަރުތު ހަމަވި ނަމަވެސް، އެހީ ނުލިބޭ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ.

މީކައިލް ވިދާޅުވީ މިފަދަ ހާލަތެއްގައި އެހީ ލިބުނު ފަރާތްތަކުގެ ލިސްޓް އާއްމުކޮށް ފެންނަން އޮތުމަކީ އެހީ ދިނުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފްކޮށް އެހީއަށް އެދޭ ފަރާތްތަކަށް މާލީ ގޮތުން އެކި އެހީ ފޯރުކޮށްދީފައިވީ ނަމަވެސް ޕެކޭޖަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ބުނާ ބައެއް ފަރާތްތަކަށް މިއެހީ ލިބިފައިނުވާ ކަމުގެ ޝަކުވާ ދަނީ ލިބެމުން ދާތީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ މެދުވެރިކޮށް، އެ ލިސްޓު ހޯދައި އާއްމު ކޮށްދޭން މީކާއިލްވަނީ އެދިވަޑައިގެންފައެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވަނީ 30.5 މިލިޔަން ރުފިޔާ އެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 1.7 މިލިޔަން ރުފިޔާ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކި ގޮތްގޮތަށް ޚަރަދުކުރަމުން އަންނައިރު، އެކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ކަންބޮޑުވުންވެސއް ފާޅުކުރަމުންދެއެވެ. އަދި ކޮވިޑް-19 ފެތުރޭތީ ހާލަތާ ގުޅިގެން ދައުލަތުން ހަރަދުކުރަމުން އަންނަ ގޮތުގެ އޮޑިޓެއް ކުރަމުން އަންމަ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުންވެސް ވަނީ ބުނެފައެވެ.

އެސްއޯއީ ކޮމިޓީ އަށް ފޮނުވި ސިޓީގައިވާ ގޮތުން އެ އޮޑިޓްގެ މަސައްކަތް ފެށީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ރައްޔިތުންގެ މަޖިލީހުން އެކަން އެގޮތަށް ކުރަން ނިންމާފައިވާތީ ކަމަށެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: