ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިވެރިންނަށް ބިރުދައްކާ ބަޔަކު މި ސަރުކާރު ނޫނީ ދުނިޔޭގައި ވެސް ނެތް: ޑރ. ޝަމްހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރިވެރިންނަށް ބިރުދައްކާ ބަޔަކު މި ސަރުކާރު ނޫނީ ދުނިޔޭގައި ވެސް ނުތިބޭނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

”ސަންގުޓީވީއަށް“ ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ޝަމްހީދު ވަނީ ސަރުކާރުގެ އިގްތިސޯދީ ސިޔާތުތަކާއި އަދި ސަރުކާރުން ގެންނަނ ކަމަށް ބުނާ އިސްވެސްޓްމެންޓް ތަކުގެ ވާޙަކަފުޅު ދައްކަވާފައެވެ. އެގޮތުން ޝަމްހީދު ވިދާޅުވީ ވިޔަފާރިވެރިންނަށް ބިރުދައްކާ ބަޔަކު މި ސަރުކާރު ނޫނީ ނުވެސް ތިބޭނެ ކަމަށެވެ. ސަރުކާރަކުން ރާއްޖެއަށް އިސްވެސްޓު ކުރާ ނުވަތަ އިންވެސްޓްކޮށްފައިވާ ބަޔަކަށް ”ތްރެޓް“ ކުރާ ނުވަތަ ބިރުދެއްކުމާއި، މަލާމާތްކުރުމަކީ މި ސަރުކާރުގެ އަމަލުތައް ހުރި ގޮތް ކަމަށެވެ.

ދިވެހިރާއްޖޭގައި ކުރަން ހުރި އިންވެސްޓްމެންޓުތަކަށް ފައިސާ ނެތް ކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ ކޮންމެ އިންވެސްޓްމެންޓަކަށްވެސް ފައިސާ ހޯދަން ޖެހެނީ ރާއްޖޭން ބޭރުގެ ބޭންކަކުން ކަމަށެވެ. އެތަންތަނުން ފައިސާ ލިބި އިންވެސްޓުމެންޓުގެ ނަތީޖާއެއް ފެންނުމުން އެއީ ދައުލަތުގެ ފައިސާކަމަށް ސަރުކާރުން ބުނާ ކަަމަށް ޝަމްހީދު ވިދާޅުވިއެވެ.

”އެހެންވީމަ އެ ލޯނު ދިން ބޭންކަށް އޮތް ރައްކާތެރިކަމަކީ ކޮބާތޯ. ފުރަތަމަ އަޅުގަނޑުމެން ދޭން ޖެހޭނީ އެ ބޭންކަށް ޔަގީންކަން. އެހެންނޫނީ ދިވެހިރާއްޖެއަށް ލެެންޑުކުރުން ހުއްޓާލާނެ. އަޅުގަނޑަށް ހީވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން، ހާއްސަކޮށް ބޭރު ފައިސާ އާދި ބެހޭގޮތުން ހާއްސަކޮށް މި ބޭފުޅުން މި ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މިހާރުވެސް ރާއްޖެއަށް އިންވެސްޓުކޮށްފައި ތިބި ވިޔަފާރިވެރިން ހުއްޓާލައިފިކަން އިތުރު އިންވެސްޓްމެންޓް ކުރުން“

ޝަމްހީދު ވިދާޅުވީ ބަޖެޓަށް ބަލާއިރު، 2025 ވަނަ އަހަރު ރަނގަޅޫ ޕްލޭން ތަކެއް ހުރި ކަމަށެވެ. ބަޖެޓު ފާސްކުރީވެސް އެ ޕްލޭންތަކާއި އެއްގޮތަށް ކަމަށާއި، ޢެގައި ސަބްސިޑީ ރިފޯމު އަދި އެސްއޯއީ ރިފޯމު އެއީ އޭގައި ހިމަނާފައިވާ ޕްލޭނެއް ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ. އެ ދެ ދާއިރާއަކީ ވަރަށް ބޮޑަށް ހޭދަކުރަންޖެހޭ ދެ ދާއިރާ ކަމަށް ފާހގަކުރެެއްވިއެވެ.

އެހެންނަމަވެސް މެމްބަރު ވިދާޅުވީ އެއަހަރު ނިމުނުއިރުވެސް އެ ބަޖެޓަށް ވީގޮތެއް ނޭންގުނު ކަމަށެވެ. އެއަށްފަހު ސަބްސިޑީ ރިފޯމުނުވެ ތިން ގުނައަށް އިތުރުވީ ކަމަށާއި، ސަރުކާރުން ސަބްސިޑީ ކުޑަކުރަން ކުރި މަސައްކަތަތުން އެ އަދަދު އިތުރަށް ވީ ބޮޑު ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ކުންފުނިތައް މަދުކޮށް ރިފޯމުކުރަން ކުރި މަސައްކަތުގެ ތެރެއިން، އިތުރު ނުވަ ކުންފުނި މިހާރު ހަދާފައިވާ ކަމަށާއި މިއަށްވުރެ ޒިންމާދާރުވެ ތެދުވެރި ވާންޖެހޭ ކަމަށް ޝަމްޙީދު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ކިތަންމެ ގިނަ ސިޔާސީ ވާހަކައެއް ދެއްކިޔަސް، ރައްޔިތުންނަށް ލިބޭ އެއްޗެކާއި ނުލިބޭ އެއްޗެކާއި އެމީހުންނަށް މާ ރަނގަޅަށް އެނގޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: