ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ. ދިޔަމިގިލީ ސްކޫލުގައި އިމާރާތްކުރަން ފެށި 3 ބުރި އިމާރާތުގެ މަސައްކަތް ސިފައިން ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

10 ކުލާސްރޫމް ހިމެނޭ ގޮތަށް އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ސިފައިން އިމާރާތްކުރަންފެށި ތ. ދިޔަމިގިލީ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.

މި އަހަރުގެ މާރިޗު 31 ވަނަ ދުވަހު ފެށި މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވަނީ ނޮވެންބަރު 21ވަަނަ ދުވަހުއެވެ. 235 ދުވަހުގެ ތެރޭގައި މި އިމާރާތް ނިންމާލުމަށް ސިފައިން ވަނީ ރެޔާއިދުވާލު ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އެގޮތުން ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗަރއަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށް، ސިފައިން ވަނީ އިތުރު ކޮލަމްތައް ޖަހައި ސްރަކްޗަރ ވަރުގަދަކޮށްފައެވެ.

މީގެ އިތުރުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ރޭނުމާއި ސިމެންތި ޖެހުމާއި، ކުލަލުމާއި، ފުރާޅުގެ މަސައްކަތްތަކާއި، ކްލާސްރޫމްތަކާއި، ފާޚާނާތަކާއި، ސިޑިގޮޅި ސީލިންގކޮށް ތަށިމުށި ޖެހުމުގެ އިތުރުން ކޯރިޑޯތަކާއި ސިޑިތަކުގައި ރެއިލިން ހަރުކޮށް ދަވާދުލުމާއި، ފާޚާނާތައް ފެންވައިރުކޮށް، ފާޚާނާ ހޮޅި އަޅައި، ތަށިތަކާއި ފާޚާނާގެ އެހެނިހެން ބައިތައް ހަރުކުރުމާއި، ކަރަންޓް ނަރުތައް އެޅުމާއި، ބޮކިފަންކާ، ޑީބޯޑު ފަދަ އެންމެހާ ބައިތައް ހަރުކުރުމާއި، އައިސީޓީއަށް އަޅަންޖެހޭ ނަރުތައް އެޅުމާއި، ސަރވަރރެކް ޕީއޭ ސިސްޓަމް ފަދަ އެންމެހާތަކެތި ހަރުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ފަޔަރ އެކްސްޓިންގްއިޝަރ ހަރުކުރުމާއި، ސްކޫލް ނަންބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ކޮށްފައިވެއެވެ.

މި މަސައްކަތްތައް ކުރިއަށްދިޔަ އިރު ފެށުނީއްސުރެ މަސައްކަތް އެއްކޮށް ނިމެންދެންހެން ތ. ދިޔަމިގިލީ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމާކާއި ތަރުހީބެއް ވަނީ ލިބިފައެވެ.

އެގޮތުން ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، ސިފައިންނަށް އެކިއެކިގޮތްގޮތުން އެހީ ފޯރުކޮށްދީފައި ވެއެވެ.

މި މަޝްރޫޢުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ވޮރަންޓް އޮފިސަރ 2 ޖަޢުފަރު މުހައްމަދެވެ. އަދި އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ)ގެ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދެވެ. މި މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި އެމްއެންޑީއެފް ސަރވިސް ކޯރގެ ސިފައިންނަށް އެ ކޯރގެ ސިގްނަލްސްއާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނަރސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް  ވެސް ވަނީ ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: