ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ އެހީގައި ދިއްގަރުގައި ހިންގި ”ސަސްޓެއިނަބަލް އަރބަން ފާމިން“ މަޝްރޫޢު ނިންމާލައިފި

ބީއެމްއެލްގެ އެހީގައި ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އަރބަން ފާމިން" މަޝްރޫޢު/ ފޮޓީޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ ”ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިކަން އެ ބޭންކުން އިޢުލާނުކޮށްފިއެވެ.

ބީއެމްއެލް އިން ފޯރުކޮށްދިން 200,000 (ދެލައްކަ ރުފިޔާ) ރުފިޔާގެ މާލީ އެހީތެރިކަމާއެކު ”ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން“ ޖަމިއްޔާއިން ހިންގި މި މަޝްރޫޢަކީ، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގައި އުފައްދާ ތާޒާ މޭވާއާއި ތަރުކާރީ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މުޖުތަމަޢަށް ދަނޑުވެރިކަމުގެ ޢަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، އިޤްތިޞާދީ އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

ބީއެމްއެލްގެ ”ބޭންކް ފަންޑު“ ގެ ދަށުން އެ ބޭންކުން ދަނީ ރާއްޖޭގެ ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މުޖުތަމަޢު ބާރުވެރިކުރުވުމަށް އެހީތެރިވެދޭ މިފަދަ މުހިންމު މަޝްރޫޢުތަކަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: