ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ މަޖިލިސް އިންތިހާބުގައި ވެސް ރައީސް ސޯލިހުގެ ތާއީދު ފައިސަލް، އާޒިމްގެ ޓީމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރާ ފައިސަލް އަދި އާޒިމްގެ ޓީމުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިކަން ހާމަކުރެއްވީ، ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައިސަލްއާއި އާޒިމްގެ ތާއީދާއެކު ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ބޭއްވި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ސަންގުއާއި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަވަނީ ގައުމީ މަޖިލީހުގެ ކެމްޕެއިން ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހު ރިޔާސީ ޕްރައިމަރީ އޮންނާނެކަން ފާހަގަކުރައްވައި، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެމަނިކުފާނު އިޢުލާނު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފައިސަލް އަދި އާޒިމްގެ ކެމްޕެއިން އެއް ޝިއާރު ”ޓީމު އެމްޑީޕީ“ އާއެކު އެމަނިކުފާނު ވެސް ހުންނެވިތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުން ތިއްބެވީ އެ ޓީމުގައި ކަމަށެވެ. އެގޮތުން، ގައުމީ މަޖިލީހުގެ ގޮނޑިތަކަށް މި ޓީމުން ވާދަކުރައްވާ 200 އަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ތެރޭގައި ތާއީދުކުރައްވާ ބޭފުޅުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފައިސަލް އަދި އާޒިމަށް ރަސްމީކޮށް ތާއީދުކުރައްވަންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ، އެ ބޭފުޅުން އިންތިހާބަށް ކުރިމަތިލައްވައިގެން ތިއްބެވީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: