ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 07 ދުވަސްތެރޭ، ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތްތައް މެކުހަށް

ކ.ގާފަރުުުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި، ބޭނުންވާނެ ކޭބަލް އެ ރަށަށް އެ ރަށަށް ގެންދިއުމުގެތެރެއިން. ފޮޓޯ:ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ވޭތުވެދިޔަ ހަތްދުވަސްތެރޭގައި،  ސްޓެލްކޯގެ މުވައްޒަފުން އަވަދިނެތި މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެވިއްޖެެއެވެ. 

މިއަދު ވެސް އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތައްވަނީ މެކުހަށް ޖަހާފައެވެ. މި ގޮތުން، އެ ކުންފުނީގެ މުވައްޒަފުން މިއަދު ދަނީ، ‏ގުޅީފަޅު ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި ސަރުކާރުން ގުޅީފަޅު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުން އަންނައިރު،  އެ ރަށަށް ބޭނުންވާ ކަރަންޓުގެ މިންވަރު އިތުރުވާނެކަމަށް ބަލައި، އެ ކަމަށް ކޭޓާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ހަމައެއާއެކު، ‏އއ.ބޮޑުފުޅަދޫ އިންޖީނުގޭގެ ސައިލެންސަރު އުސްކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިއަދު އަންނަނީ ކުރަމުންނެވެ. މި ގޮތުން، އެ ސައިލެންސަރު އުސް ކުރެވުމާއެކު، އިންޖީނުގެ ހުންނަ ސަރަހައްދުގައި ދިރިއުޅެމުން އަންނަ، މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސްޓެލްކޯގެ މި ޚިދުމަތްތަކުގެ އިތުރަށް، މީގެ ތިން ދުވަސްކުރިން، އެ ކުންފުނިން ވަނީ،
‏އދ. މަހިބަދޫ 4 ނަންބަރު ޖަނަރޭޓަރުގައި ސައިލެންސާރ ބެރަލް ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ.

އޭގެ އިތުރުން، ‏އދ. ދިގުރަށުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ބޭނުންވާ ކޭބަލް ފޮނުވުމުގެ މަސައްކަތްތައް ވެސް މީގެ ތިންދުވަސްކުރިން، އެ ކުންފުނިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

https://twitter.com/STELCOMALDIVES/status/1268428142932144129?s=19

ހަމަ އެފަދައިން ވޭތުވެދިޔަ ހަތް ދުވަހުތެރޭގައި، ސްޓެލްކޯއިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު،
‏ކ. ގާފަރުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި، ބޭނުންވާނެ ކޭބަލް އެ ރަށަށް ގެންގޮސްފައިވެއެވެ.

‏ވ.ކެޔޮދޫގެ  ޑިސްޓްރިބިއުޝަން  ނެޓް  ވޯކް  އަޕްގްރޭޑް  ކުރުމަށްޓަކައި، ލޯ  ވޮލްޓޭޖް  ކޭބަލް  އެ ރަށަށް ވަނީ ގެންގޮސްފައެވެ. މި ގޮތުން، ކެޔޮދޫގެ ޑިސްޓްރިބިއުޝަން  ނެޓް  ވޯކް  އަޕްގްރޭޑް  ކުރުމުގެ މަސައްކަތް މި މަސްތެރޭގައި ފަށާނެކަމަށް ވެސް، އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ހަމަ އެހެންމެ، މީގެ ތިންދުވަސްކުރިން، އެ ކުންފުނިންވަނީ، ގާކޮށީގައި  ޕީކް  ލޯޑަށް  ކޭޓަރ  ކުރުމަށް  އިތުރު  4  ޖެނެރޭޓަރ ބަހައްޓާފައެވެ.

އަދި ލޮކްޑައުންގެ ހާލަތަށް ސަރުކާރުން ލުއިތަކެއްދޭން ފަށާފައިވާއިރު، ސްޓެލްކޯއިން ދަނީ، ލޮކްޑައުންގެ ހާލަތާއި ގުޅިގެން ހުއްޓިފައި ހުރި ބައެއް ޚިދުމަތްތައް ދޭންފަށާފައެވެ. މި ގޮތުން ވަޔަރ ޓެސްޓިންއާއި، ޕެނަލްބޯޑުން އާ ކަނެކްޝަން ގުޅައިދިނުން ފަދަ  ބައެއް ޚިދުމަތްތައް ފޯރުކޮށްދޭން އެ ކުންފުނިންވަނީ ފަށާފައެވެ.

މި ކަންތައްތަކުގެ އިތުރުން ވެސް ސްޓެލްކޯއިން އަންނަނީ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންކަން ފާހަގަކޮށްލަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: