ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްްޑައުން: އުސޫލުތަކާ ޚިލާފުވި އިތުރު 273 މީހުންނާމެދު ފިޔަވަޅު އަޅައިފި

ހުސްވި މަހު 25 ވަނަ ދުވަހު ފުލުހުން ޕެޓްރޯލްކުރުމުގައި. ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްްޑައުން އުސޫލުތަކާ ޚިލާފުވެ މަގުމައްޗަށް ނުކުމެ އުޅުނު އިތުރު، 273 މީހަކާމެދު ފިޔަވަޅުއަޅާފައިވާކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ހޮނިހިރު ދުވަހު ލޮކްޑައުންގެ އުސޫލުތަކާ ޚިލާފުވެފައިވާ، 262 މީހަކު ޖޫރިމަނާކޮށް، 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާކުރި މީހުންގެތެރޭގައި ހިމެނެނީ، މާލެއިން ޖޫރިމަނާކުރި މާލެއިން244 މީހަކާއި، ހުޅުމާލެއިން 12 މީހަކާއި، ވިލިމާލެއިން 06 މީހެއްކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން، ހައްޔަރުކޮށްފައިވާ 11 މީހުންނަކީ، މާލެއިން ހައްޔަރުކުރި މީހުންކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ، މި ޢަދަދުތަކާއެކު މާލެއިން ޖޫރިމަނާކުރި މީހުންގެ ޢަދަދު ޖުމްލަ7055އަށް އަރާކަމަށާއި، ހުޅުމާލެއިން ޖޫރިމަނާކޮށްފައިވާ މީހުންގެ އަދަދު 763 އަށް، އަދި ވިލިމާލެއިން ޖޫރިމަނާކުރި މީހުންގެ އަދަދު 119 އަށް އިތުރުވެފައިވާކަމަށެވެ.

މި އަދަދުތަކާއެކު މާލެ ލޮކްޑައުން ކުރިފަހުން ޖޫރިމަނާކުރި މީހުންގެ އަދަދު މިވަނީ، 7937 އަށް އިތުރުވެފައެވެ.

https://twitter.com/PoliceMv/status/1269583643225157632?s=19

މީގެ އިތުރުން ފުލުހުން ބުނީ، މިހާތަނަށް މާލެއިން، 405 މީހަކާއި، ހުޅުމާލެއިން 40 މީހަކާއި، ވިލިމާލެއިން ހައްޔަރުކުރި 03 މީހުންނާއެކު ޖުމްލަ 448 މީހުން  ހައްޔަރުކޮށްފައިވާކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: