ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ފްލެޓްތައް އަޅާފައިވަނީ، ކޮތަރުކޮށިތަކެއް ފަދައިން: ރައީސް ނަޝީދު

ރައީސް ނަޝީދު ޓްވީޓުގައި ހިމަނުއްވާފައިވާ ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ފްލެޓްތައް އަޅާފައިވަނީ، ކޮތަރުކޮށިތަކެއް ފަދައިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ފްލެޓްތައް އަޅާފައިވަނީ، 500 އަކަފޫޓުގެ ކުދި ކޮތަރުކޮށިތަކެއް ގޮތަށް ކަމަށެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ، އެއިން ތަނެއް ހަދަން ޚަރަދުކޮށްފައިވާކަމަށް ބުނަނީ، އަކަފޫޓަކަށް 1,900 ރުފިޔާގެ މަގުންކަމަށެވެ.

މި ގޮތުން، ކުލީގެ ގޮތުގައި 11,000 ރުފިޔާ ޖެހޭކަމަށާއި، އެ ވަރުން ދެކޮޅުޖައްސާނީ ކިހިނެއްތޯ ވެސް ރައީސް ނަޝީދު ސުވާލުއުފައްދާާފައިވެއެވެ. އަދި މިއީ އެ ދަރަނީގެ ދަންތުރައިގެ ފޯޓޯކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފއިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި “ހިޔާ މަޝްރޫއު”ގެ ދަށުން، އިމާރާތް ކޮށްފައިވާ 700 ފްލެޓު ޖުލައި މަސްނިމެންވާއިރަށް ހަވާލުކުރެވޭވަރު ވާނެކަމަށް، ހައުސިން މިނިސްޓަރ އާމިނަތު އާޠިފާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: