ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ތަހުގީގުތައް ވާނުވާ ނޭނގޭ ގޮތަށް އަނބުރާލަނީ އަޑީ ދައުލަތުން: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ ބޮޑެތި ތަޙުޤީގުތަކަށް ވާނުވާއެއް ނޭނގޭގޮތަށް އަނބުރާލަނީ “އަޑީ ދައުލަތުން” ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލުގެ ބަހުޘް ވަގުތުގައި “އަޑީ ދައުލަތު” ގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވެފައިވާއިރު މީގެ ކުރިން އެމަނިކުފާނުވާނީ އެގޮތަށް ވިދާޅުވެފައެވެ.

މިދިއަ އަހަރު އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އަނދިރި ދައުލަތެއްގެ ބާރު ދިވެހި ދައުލަތުގެ ތެރޭގައި ގަދަ ކުރަމުން ގޮސް އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ އެންމެ އެތެރެއަށް ވަދެފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ރާއްޖޭގައި ހިނގާ ކަންކަން އެއީ ނުވާ ކަންކަން ކަމަށް ބަލައިގެން ތިބޭނަމަ ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

އެވާހަކަތައް ތަކުރާރު ކުރައްވާ އަންގާރާ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ ބޮޑެތި ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް “އަޑީ ދައުލަތުން” އަނބުރާލަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ފުލުހުންގެ ތެރޭގައި އެ ތަހުގީގަށް ހުރަސް އަޅާ ބަޔަކު ތިބި ކަމަށެވެ

“އެމްއެމްޕީއާރުސީ ވައްކަމުގެ ތަހުގީގު މި ދަނީ ބަލަމުން، މި ދިމާވާ އެއް ކަމަކަށް މި ވަނީ ފުލުސް އޮފީހުގައި އެބަ ތިބި މި ދެންނެވި ބޮޑު ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން، އަޑީ ދައުލަތެއް އޮތް ކަމަށް ވަރަށް ގިނަ ބަޔަކަށް އެބަ ޝައްކު ކުރެވޭ، އެކިއެކި ތަހުގީގު އެބަ އަނބުރާލެވޭ، އަޅުގަނޑުމެންނަށް ހަމަ ވާއެއް ނުވާއެއް ނޭނގޭ” ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނައިރު، އެ ވައްކަމަށް ތުހުމަތު ކުރެވޭ ކުދިން ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށެވެ. އަދި އެފަދަ ފަރާތްތައް ސަސްޕެންޑްކޮށްގެން ނޫނީ ތަހުގީގުތައް ކުރިއަށް ގެންދަން އުނދަގޫވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑްރަގް ވިޔަފާރީގައި އިސްކޮށް އުޅޭ މީހުނާއި ގާތް ގުޅުމެއް އޮންނަ ފުލުހުން އުޅޭ ކަމަށް ބެލެވޭ ކަމަށާއި މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކާ ވެސް ގާތް ގުޅުން އޮންނަ ފުލުހުން އުޅޭ ކަމަށެވެ.

ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާއިގައި ފާރަލީ ފުލުހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޑރ. އަފްރާޝީމް އަލީގެ މައްސަލައާއި ފަހުން ފެންމަތިވެގެން އައި ގިނަ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާ ދެފަރާތުގައި ވާ މިންވަރަށް ޝައުގުވެރިކަން ބަހައްޓާއިގައި މަޖިލީހުގެ މެންބަރުން އިލްމީ ނަޒަރަކުން ބައްލަވަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: