ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް ފުލުހުން ރިފޯމްކުރަންވީ ވަގުތު

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް ފުލުހުން ރިފޯމްކުރަންވީ މުހިންމު ވަގުތުކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެެއެވެ.

މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށްދާކަމީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތާބެހޭ ބިލުގެ ބަހުސް މިއަދު ފަށާފައިވަނިކޮށެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފެވެ.

މި ގޮތުން މިނިސްޓަރ އިމްރާން ވިދާޅުވީ،  ބިލު ޤާނޫނަކަށްވާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅޭ ކަންކަން ފުރިހަމަޔަށް ތަރުތީބު ކުރެވިގެންދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި  ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެކަމަށާއި، ރައްޔިތުން އެދޭފަދަ ޚިދުމަތް ފޯރުކޮށްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ވެސް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ފުލުހުންގެ ޚިދުމަތްތަކާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގައި، މަޖިލީހުގެ މެންބަރުންވަނީ، ފުލުހުން ކޮށްފައިވާ އަނިޔާތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ. އަދި އޭގެ އިތުރުން، ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ބޮޑެތި ޖަރީމާތަކުގެ އަޑީގައި ފުލުހުން ތިބިކަމަށް ވެސް ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވަނީ، ފަހުގެ ތާރީޚެއްގައި ހިނގައިދިޔަ އެންމެ ބޮޑު ވައްކަންކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަޙުޤީޤަށް ފުލުހުން ހުރަސްއަޅާކަމަށާއި، އަދި އެ މައްސަލައިގައި ޝާމިލުވާ ފުލުހުން އަދިވެސް އެބަތިބިކަމަށް ވިދާޅުވެފައެވެ. މި ގޮތުން އެފަދަ ފުލުހުން ސަސްޕެންޑްކުރަންޖެހޭކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: