ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭގެ ބޯޑު އަލުން އެކުލަވާލައްވައި، ރައީސް ޞާލިޙް އެ މަޤާމަށް 07 ބޭފުޅަކު ޢައްޔަންކުރައްވައިފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެ މަޤާމަށް 07 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

މި ކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސްޕޯކްސްޕާސަން، އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020 ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި، 07 ބޭފުޅަކު މިއަދު ރައީސް ޞާލިޙް ޢައްޔަންކުރައްވާފައިވާ ކަމަށެވެ.

މި ގޮތުން އެލްޖީއޭގެ ބޯޑަށް ރައީސް ޞާލިޙް ޢައްޔަންކުރައްވާފައިވާ މެންބަރުންނަކީ،
ހޯމް މިނިސްޓަރު އިިމްރާން ޢަބްދުﷲ އާާާއި، އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް މުޙައްމަދު ޝިހާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު އާއި، ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަޠީފާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މާހިރު އީސާގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަރީފާއި، ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިޢުމާއެވެ.

މި ހަތް ބޭފުޅުންގެތެރެއިން، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަކީ، އެލްޖީއޭއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި، ރައީސް ކަނޑައަޅުއްވާފައިވާ މިނިސްޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: