ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއާއި ނައިބް ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ރައީސް ސާލިޙްއާއި ނައިބް ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމީއްޔާތުގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ނައިބް ރައީސް ފައިސަލް ނަސީމްގެ މުސާރަ ގާނޫނާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުން ކުޑަކޮށްފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ. 

ރައީސްއާއި ނައިބް ރައީސްގެ މުސާރަ ގާނޫނާއި ހިލާފަށް ރައްޔިތުންގެ މަޖިލީޙުން ކުޑަކޮށްފައިވާ ކަމަށް ބުނެ މަޖިލީޙުގެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ. 

ކުރީގެ ގާޒީ ގާޒީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެ މައްސަލަ އެ ކޯޓުން ބަލައިގަންނަން ނިންމާފައިވާކަން އެންގެވީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއެވެ. އަދި އެގޮތަށް ނިންމެވީ ހަލީމް ހުށަހެޅުއްވި އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީއެވެ. 

ކޮޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ ވެރިިންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން މިދިޔަ މަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު މަޖިލީހުން އެ ބަދަލު ގެނައީ ރައީސާއި ނައިބު ރައީސްގެ މުސާރަ ކަނޑައަޅާފައިވާ ގާނޫނު އިސްލާހު ކުރުމެއް ނެތި އެވެ.

ރައީސާއި ނައިބު ރަައީސްގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު އެއް ލައްކަ ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ. އެ ގާނޫނު އިސްލާހު ކުރުމެއް ނެތި، ކޮވިޑް-19 އާ ގުޅިގެން މަޖިލީހުން ނިންމީ ރައީސްގެ މުސާރަ 65،000ރ. އަށް ނައިބު ރައީސްގެ މުސާރަ 48،000ރ. އަށް ކުޑަ ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: